Saturday, March 1, 2008

ޒުވާނުންގެ ދުވަސް ފެށުން ފާހަގަ ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވާނެ ޒުވާނަކު ނުވި

މަނަދޫގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އެކުލަވާލި ޕްރޮގްރާމްގައި ހިމެނޭ ފުރަތަމަ އައިޓަމަށް މަނަދޫ ޒުވާނުންގެ އެއްވެސް ތަރުހީބެއް ނުލިބުނެވެ. ޖަމާޢަތުގައި ފަތިސްނަމާދު ކުރުމާއި ދުވަހާ ގުޅިގެން ޚާއްޞަ ދުޢާއެއް ކުރުމަށް ހަމަޖެހިފައި އޮތަސް ފަތިސް ނަމާދަށް މި ބްލޮގުގެ ނޫސްވެރިން ފިޔަވާ އިތުރު ޒުވާނުން ގޮސްފައެއް ނުވެއެވެ. ޒުވާނުންގެ ދުވަހާ ގުޅިގެން ފަތިސްނަމާދު ޖަމާޢަތުގައި ކޮށް ދުޢާކުރާ ވާހަކަ އިޢުލާން ކޮށްފައި އޮތުމާއެކު ޢާންމުކޮށް ފަތިސްނަމާދަށް ޖަމާޢަތަށް ދާ މީހުންގެ އިތުރުން ދެތިން ދުވަސްވީ އަންހެނުން ދިޔައެވެ

No comments: