Monday, March 24, 2008

ފުލުހުންގެ އަހަރީ ދުވަހުގެ މުނާޞަބަތުގައި މަނަދޫ ޕޮލިސް ސްޓޭޝަންއިން ހިންގާ ޙަރަކާތްތަކުގައި އާންމުނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފުލުހުންގެ 75 ވަނަ އަހަރީދުވަސް މަނަދޫގައި ކުލަގަދަކޮށް ފާހަގަކުރެއްވުމުގެ ގޮތުން މަނަދޫ ޕޮލިސް ސްޓޭޝަންއިން ބާއްވަން ހަމަޖައްސަވާފައިވާ ޙަރާކާތްތަކުގައި އާންމުނަށް ބައިވެރިވުމުގެ ފުރުޞަތު އެފަރާތުން ހުޅުވާލައިފިކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިއްޖެއެވެ. އެގޮތުން ރިލޭ ރޭހަކާއި، އޮބްސްޓިކަލްސް ރޭހަކާއި، ވާދެމުމާއި، 14 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކުރައްވައިގެން ބާއްވާ ފުޓް ބޯޅަ މެޗަކާއި އަދި މަނަދޫ ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ފުޓް ބޯޅަ މެޗެއް ބޭއްވުންވެސް ހިމެނެއެވެ. މީގެއިތުރުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ނ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް އަމާޒުކުރައްވައިގެން ބޭއްވޭނެކަމަށް ޚަބަރު ލިބިފައިވެއެވެ. ފުލުހުންގެ އަހަރީ ދުވަހަކީ 29 މާރޗް 2007 ވަނަ ދުވަހެވެ

2 comments:

Anonymous said...

Assalaam,

Thiyabeyfulhunnah gulheyne numbereh eba oitho.

Waiting for reply

ALI AHSAN
www.vaikaradhoolive.com
7793205
al-ahu-sun@hotmail.com

Anonymous said...

koba no update
meehaku maruvi vaahaka eba oi mo ga