Friday, March 21, 2008

ކުއްލި ޚަބަރު: މަނަދޫ ޕޫލްވާރީ އިބްރާހިމް ރަޝީދު (ސުބު) އެކްސިޑެންޓް ވެއްޖެ


މަނަދޫ ޕޫލްވާރީ އިބްރާހިމް ރަޝީދު (ސުބު) މިއަދު އެކްސިޑެންޓެއް ވެއްޖެއެވެ. މާލޭގައި މިހިނގި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު 12:10 ހާއިރުއެވެ. މަންޒަރު ވަރަށް ކައިން ދުށް ކުއްޖަކު ކިޔައިދިން ގޮތުގައި މިއެކްސިޑެންޓް ހިނގަން މެދުވެރިވީ އިބްރާހީމް ދުއްވަމުން އައިސައިކަލްގެ ފަހަތުން ނުބައިފަޅިން އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ފަހަތުން އައިސައިކަލް އިބްރާހީމް ރަޝީދު އިން ސައިކަލްގައި ޖެހި 2 ސައިކަލް އެއްކޮށް ވެއްޓުނީ ކަމަށެވެ. މި އެކްސިޑެންޓްގައި އިބްރާހީމް ރަޝީދަށް އެއްވެސް ގެއްލުމެއް ނުވާކަމަށާއި، ނަމަވެސް ސައިކަލަށް އެކިވަރު ގެއްލުން ލިބިފައިވައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ މަޖީދީމަގުން ސޯސަން ސްޓޯރ ކުރިމަތިންނެވެ

No comments: