Friday, March 21, 2008

ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅުވައިގެން މަނަދޫ އޮފީހުން ޕްރޮގްރާމެއް ހިންގަވަނީ



ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅުވައިގެން މަނަދޫ އޮފީހުން އިންތިޒާމްކޮށްގެން ހިންގޭ ޕްރޮގްރާމެއް މާދަމާ އޮންނާނެކަމަށާއި މި ޕްރޮގްރާމްގައި މަނަދޫގައި ހުރި އާންމު ހުރިހާ ފެންތާނގީތަކެއް ސާފުކުރެވޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިފްރޮގްރާމްގައި މަނަދޫގައި ހުރި ހުރިހާ އޮފީހެއްގެ މުވައްޒަފުންނާއި ކްލަބް ޖަމުޢިއްޔާތަކުގެ މެންބަރުން ބައިވެރިވެލައްވާނެކަމަށް ޚަބަރު ލިބިފައިވެއެވެ. މިޕްރޮގްރާމް ފެށޭނީ މާދަމާ 22 މާރޗް 2008 ވަނަ ދުވަހުގެ 9:00 ގައެވެ. ދުނިޔޭގެ ފެނުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ 22 ވަނަ ދުވަހެވެ. މިދުވަހުގެ ޝިޔާރަކީ''ސެނިޓޭޝަން'' އެވެ

No comments: