Wednesday, March 12, 2008

މަގޭ ރިޕޯޓް: މަނަދޫ ރައްޔިތުން ހޭއަރަންވެއްޖެ ނޫންތޯއެވެ



ރާއްޖޭގެ އެކި ހިސާބުތަކުގައި މަނަދޫ މަޝްހޫރުވެފައި އޮންނަނީ އެކި ނަންނަމުގައެވެ. ރާއްޖޭގެ އެންމެ ދެކުނުގައި މަނަދޫ މަޝްހޫރުވެފައި އޮންނަނީ ކުނޑިބެ ތަޅާލި ރަށުގެ ގޮތުގައެވެ. މެދު ރާއްޖެތެރޭގައި މަނަދޫ މަޝްހޫރުވީ ދިއްފުށީ ގްރޫޕް ތަޅާލައި ރަށުން ބޭރުކޮއްލި ފަހުންނެވެ. ވަރަށް ފަހަކާ ޖެހެންދެން މާލޭގައި އަދި މުޅިނ. އަތޮޅުގައި މަނަދޫ މަޝްހޫރުވެފައި އޮތީ ދަތުރުކުރާ ބޯޓް ފަހަރު ނެތް ވެރިކަން ކުރާ ރަށުގެ ނަމުގައެވެ. ހިތާމައަކީ މިއީއެވެ. މަނަދޫ ތަރައްޤީގެ އެއްވެސް ކަމެއްގައި މަޝްހޫރެއްނޫނެވެ. ތަޢުލީމީ ގޮތުން ކާމިޔާބީ ތަކެއް މަނަދޫއަށް ލިބިފައެއްނެތެވެ. ކުޅީވަރުގެ މައިދާނުން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ނުލިބެއެވެ. އިޖްތިމާޢީ މަސައްކަތްތައް ވަރަށް ފަހަކާ ޖެހެންދެން އޮތީ ވަޅުޖެހިފައެވެ. އެކަމަކު އަތޮޅު އޮފީހާއި އަތޮޅު މަދަރުސާއާއި އަތޮޅު ހޮސްޕިޓަލާއި މިހެންގޮސް އަތޮޅު ކުރިއަށް ލާފައިކިޔާ ގިނަ ތަންތަންހުރީ މަނަދޫގައެވެ


އަތޮޅުގެ އެހެން ރަށްރަށާ އަޅާބަލާއިރު އިޖްތިމާޢީ ގޮތުންވެސް، ތަޢުލީމީ ގޮތުންވެސް ޢުމުރާނީ ގޮތުންވެސް ގިނަ ރަށްތައް އުޅެނީ މަނަދޫއަށްވުރެ ކުރީގައެވެ. ކީއްވެތޯއެވެ؟ އާދެ! އެހެން ރަށްރަށުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ރަށުގެ ތަރައްޤީއަށްޓަކައި ދަނީ ޖާނުން ގުރުބާން ވަމުންނެވެ. މަނަދޫގެ ރައްޔިތުން ކޮބައިތޯއެވެ. ގިނަ މީހުން ތިބެނީ ރުއްމަގުގަ ނޫނީ ކޮންމެވެސް ފިނިމައިޒާނެއްގައި ނޫނީ ކޮންމެވެސް ހުސްއަގަ ތަޅާށެވެ. މިހެންވާންވެއްޖެނަމަ އަޅުގަނޑުމެންނަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެއެވެ. އަޅުގަނޑުމެންގެ އަމިއްލަރަށް ތަރައްޤީ ކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމުގަ ދެކިގެންނޫނީ ހުވަފެންތައް ހަގީގަތަކަށް ނުހެދޭނެއެވެ. ވިސްނާލަމާހެއްޔެވެ؟ ގަޔަށްލާ ހެދުމާއި އަރާފައިވާނާއި ގެންގުޅޭ މޯބައިލްފޯނު ތަރައްޤީ ވިޔަކަސް އަދި ނުފުދެއެވެ. އެންމެ އިސްކަމެއް ދޭންވީ ތިމާއުޅޭ މާހައުލަށެވެ. ދެން ތިމާގެ ކުރިއެރުމަށެވެ. ރަށަށް އަރާ ބީރެއްޓެއްސަކު ތަޅާލާފައި ރަށުން ބޭރު ކޮށްލުމަކުން ރަށަށް ރީތި ނަމެއް ނުލިބޭނެއެވެ. ރަށަށް ރީތިނަމާއި މީހުންގެ ޝައުޤުވެރިކަން ލިބޭނީ ރަށް ތަރައްޤީ ވުމުންނެވެ. ރަށުގެ ތަރައްޤީ އަށް މަސައްކަތްކުރާނެ ހަރުދަނާ ދަރިން ތަރުބިއްޔަތު ކުރެވިގެންނެވެ. ކޮޓަރިތަކާއި ސިޓިންގރޫމްތައް ނުހަދާ ބޭރުފާރުގައި ސިމެންތި ޖަހާ އޮމާންކޮށް ކުލަލިޔަކަސް އެގެއަކީ ރީތި ގެއަކަށް ނުވާނެ ނޫންތޯއެވެ؟


ރަށްރަށަށް ލިބެމުންދާ ތަރައްޤީގެ ފުރުސަތުތައް އަޑުއަހާފައި ހޮޅުއަށި ތަކުގައި ތިބެގެން ކޮން ވާހަކައެއް ދައްކާކަށްތޯއެވެ؟ އެރަށްރަށަށް ލިބޭ ތަރައްޤީއަކީ އެރަށްރަށުގެ ރައްޔިތުންގެ ހިތްމަތާއި މިންނަތުން ހޯދާ ތަރައްޤީއެވެ. ކާމިޔާބު ލިބެނީ ހިންމަތާއެކު މަސައްކަތްކުރާ ބަޔަކަށެވެ. ކޮންމެ ގޮތެއް ހެޔޮކަމުގައި އެޅިހާ ބަތަކަށް ރިހަވެގެންތިބޭ ބަޔަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެއެވެ
ވިދާތާހިރު އެރަންމުތަކީ ، އިތާގެ ބަނޑުންވިހޭ ދަރިއޭ
ހިތާކޮށް ފިކުރުބެލި ނަމައީ، އިބާރާތެއް ކަމަށްވާނޭ

No comments: