ފޮޓޯއަށް ކްލިކް ކޮށްލުމުން ފޮޓޯ ބޮޑުކޮށް ފެންނާނެ
މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަ ކުރާ ރަށަކަށް މަނަދޫ ހޮވިފައިވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މަސައްކަތް ވަރަށް ފޯރިއާއި ޖޯޝްގައި ކުރިއަށް އެބަދެއެވެ. މިގޮތުން މަނަދޫ ހުޅަނގު ކޮޅުގައި ( އަތޮޅު އޮފީހުގެ އުތުރުން އޮންނަ ބިމުގައި ) ހަދާ ކުޑަކުދިންގެ ޕާކުގެ ބުރުތައް ހެދުމުގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ. ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތުގެ ތެރޭގައި ޕާކުގައި ހޮޅިދަނޑިތައް ޖެހުމަށް ޙަވާލުވެފައިވާ މަނަދޫ އޮފީހުން މިހާރުވަނީ އެމަސައްކަތް މުޅިން ނިންމާލައްވާފައެވެ. ޕާކުގެ ބުރުތަކުގައި ތަށިމުށި ޖެހުމުގެ މަސައްކަތް މިއަދުވެސް ކުއަރިއަށް އެބަދެއެވެ. ރޭގައި ވަރަށް ދަންވަންދެންވެސް މަސައްކަތް ކުރިއެވެ. މި މަސައްކަތުން 2 ބުރު އެއްކޮށް ނިންމާފައިވެއެވެ. މިއަދު މެންދުރުފަހު ކުރީގެ ބާ ހުކުރު މިސްކިތުގެ ވަށާ ފާރުގައި ކުލަ ލުމުގެ މަސައްކަތް ކުރެވެމުންވެސް އެބަދެއެވެ. އިޖުތިމާޢީ މަސައްކަތުގައި ބައިވެރިވެ ރަށަށް ރީތިނަން ހޯދައި ރަށް ޒީނަތްތެރިކުރަން މަސައްކަތކުރާ ފަރާތްތަކަށް ސާބަހާ އައްސަރިބަސް ރައްދުކުރަމެވެ
1 comment:
I feel super by saying that this is realy one of the very best blogs I've ever visited yet!
Congrats! Take it like a blossom blessing!
PALAVROSSAVRVS REX
Post a Comment