Saturday, March 29, 2008

ނ. އަތޮޅުވެރިޔާ ށ. އަތޮޅަށް މިއަދު ފުރާވަޑައިގެންފި


މިލަދުންމަޑުލު އުތުރުބުރީ އަތޮޅުއޮފީސް

ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޙަލީލު މިއަދު ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރި ވެރިކަން ކުރާރަށް ށ. ފުނަދޫއަށް ވަޑައިގެންފިއެވެ. އެމްއެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅުވެރިޔާގެ މިދަތުރުފުޅަކީ ށ. އަތޮޅުއަތޮޅުވެރިޔާ އަލްފާޟިލް އަޙުމަދު ޤާސިމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލް ސަޢީދު އިބްރާހީމް އާއި އަތޮޅުއޮފީހުގެ އިސްބައެއް މުވައްޒަފުން ބައިވެރިވެލެއްވިއެވެ. އަތޮޅުވެރިޔާ ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މަނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާކަމަށް މަނަދޫ ގައި ހުންނެވި އެމްއެލްގެ މުރާސިލް ވިދާޅުވިއެވެ

6 comments:

Anonymous said...

އަތޮޅުވެރިންގެ ދަތުރުތަށް ކަވަރު ކުރާކަށް ނުޖެހޭ
www.guimanadhoo.blogspot.com

Anonymous said...

Hehehee.. so funny
asluves nujehey kaneynge...

Anonymous said...

ނޫނޭ ތިހެން ނުބުނޭ އަތޮޅުވެރިންގެ ހަބަރުތައްވެސް އަހަރެމެންނަށް އެނގެންޖެހޭ. ބަލަގަ އެއީ އަހަރެމެން އަތޮޅުގެ އެންމެ އިސްވެރިޔާއޭ. ކަލޯމެންތިތިބެނީ ބޭހެއްބޮއިފައިތަ؟

Anonymous said...

ތިއޭ އެއްކަލަ. އެހެނެއް ނޫނޭ ކޮއްކޯ. މި ބްލޮގްއަކީ އެންމެ ބަރާބަރު އެއް ބްލޮގް، އެކަމަކު އަތޮޅުވެރިން ވާހަކަ މާގިނައިން ކަވަރު ކުރަންޏާ ތަންކޮޅެއް ސިޔާސީވާނެ، އަހަރެމެން ބޭނުމެއްނޫން މި މަނަދޫލައިވް ސިޔާސީ ބްލޮގަކަށް ވާކަށް، ...ގުއި މަނަދޫ ބްލޮގްގެ މާލޭ މުރާސިލާ....

Anonymous said...

އެއީ ތެދެއް މަނަދޫ ލައިވް. ކޮންމެސް ނަމަނަމަ ބްލޮގް ސިޔާސީ ނުކުރާތި އޭރުން މުޅިން ހަރާބުވީ

Anonymous said...

Kobaa Kamh hen heeveynun mihaaru...
Mihaaru manadhoo ge habaruthakuge foari miohgen gadgavanee.. varah ufaavey gina blogthakeh ufedhuneema.. manadhoolive varah baraabaru.. mauloomaathu varah mussandhi, Guimanadhoo varah gadhakuraanekamah lafaakurevey, manadhoo online ehaa rangalhekey nudheneveyne.. ekamaku, emmenves kuriyah dhaanvee rashahtakaa.. rashuge habaruthah veehaaves thaazaakon genes dheveytho..
-MANADHOO HORSE-