Wednesday, March 12, 2008

ވަޅިއެއް ހެރުމުން ޒަޚަމުވި އަންހެން ކުއްޖެއް މަނަދޫއަށް ގެނެސް، އެކަށީގެންވާ ފަރުވާ ދެވެން ނެތުމުން އުނގޫފާރަށް ފޮނުވާލައިފި


ފަހުގެ އަޕްޑޭޓް: 10:45
ދެ ލޯބިވެރިންގެ ދެމެދުގައި ހިނގި ޒުވާބަކަށްފަހު ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާ އަންހެން ކުއްޖެއް މަނަދޫއަށް ގެނެސްފިއެވެ. ނ. ހެނބަދޫ އުމުރުން 17 އަހަރުގެ މި އަންހެން ކުއްޖާއަށް ވަޅިން ހަމަލާދިނީ އެރަށު ހީނާމާގޭ އަހުމަދު ޢަބްދުއްސައްތާރުކަމަށް ފުލުހުން ކަށަވަރުކޮށް ދެއްވައިފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މިހާރު މިނާހުރީ ފުލުހުންގެ ބެއްލެވުމުގެ ދަށަށް ގެންނަވާފައެވެ. މިއަދު ހަވީރު ގާތްގަޑަކަށް 5:30 ގައި ހެނބަދޫގައި ހިގި މި މާރާމާރީގައި އަންހެން ކުއްޖާގެ ބަޑަށް ހަރާލާފައިވާ ވަޅި ހުރީ ބުރަކަށިން ފޫއަޅާފައި ކަމަށާއި ގޮހޮރު އޮތީ ބޭރުގައިކަމަށްވެސް ޚަބަރު ލިބިފައިވެއެވެ. ފުރަތަމަ މިކުއްޖާ ގެނެވުނީ މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. މަނަދޫގައި މިވަރުގެ ބޮޑު އޮޕަރޭޝަނެއް ކުރެވެން ނެތުމުން މިހާރު ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭންވަނީ ފަށާފައެވެ.
އަންހެން ކުއްޖާގެ ގަޔަށް ވަޅިހެރި މީހަކީ އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެއް ކަމަށާއި ދެމީހުންގެ ދެމެދުގައި ޖެހުނު ކޮންމެވެސް މައްސަލައެއްގައި ފިރިހެން ކުއްޖާ ދަންޖެހޭނެ ކަމަށް ބުނުމުން އަންހެން ކުއްޖާ ތިޔަހާ ފިނޑިއަކާ ރައްޓެހިވެގެން ނޫޅޭނެކަމަށް ބުނުމުން ވަޅިހެރީ ކަމަށް ލިބެމުންދާ ޚަބަރުތައް ބުނެއެވެ. އަންހެން ކުއްޖާގެ ނަން ޚަބަރުން އުނިކުރީ އާއިލާއިން އެގޮތަށް އެދިގެންނެވެ. މި އަންހެން ކުއްޖާވަނީ މިރޭ 10:30 ހާއިރު ނިޔާވެފައެވެ

1 comment:

Anonymous said...

foto eh neh tha?
adhives hospital bodu kuraashey buney kameh nuviyakas:p kekekekeke