ނ. އަތޮޅުގޭ ގައި ހުންނަ އަތޮޅުވެރިޔާ ގެ ކޮޓަރިކޮޅުގައި އަލިފާން ރޯވީ އެ ކޮޓަރި ކޮޅުގައި ހުރި އެއަރކޯނުގެ އެތެރޭގެ ކަރަންޓް ޝޯޓަކުން ކަމަށް ޚަބަރު ލިބިއްޖެއެވެ. އެއަރކޯނުގައި އަލިފާން ރޯވެ ސީލިންގ ގައިވެސް އަލިފާން ހިފިއެވެ. އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލެވިފައިވާ ކަމަށް އަތޮޅު އޮފީހުގެ ކަރަސްޕޮންޑެންޓް ޚަބަރު ދެއްވައެވެ. މި އަލިފާނުގެ ހާދިސާގައި އިތުރު އެއްވެސް ގެއްލުމެއް ނުވާ ކަމަށް ޚަބަރު ލިބިފައިވެއެވެ
Subscribe to:
Post Comments (Atom)
No comments:
Post a Comment