Sunday, March 23, 2008

ލީގަލް ރީފޯމް މިނިސްޓްރީއަށް ދޫކުރައްވާފައިވާ ޓީވީ ކޮށީގައި ގަސްތައް ބޯވެ ވާވުމުގެ ސަބަބުން އާންމުންނަށް އެކަމުގެ އުނދަގޫ ފޯރަންފަށައިފި



ލީގަލް ރީޕޯމް މިނިސްޓްރީއަށް ދޫކުރައްވާފައިވާ ޓީވީ ކޮށީގައި ގަސްތައް ބޯވެ ވާވުމުން އެކަމުގެ ސަބަބުން އާންމުންނަށް އުދަގޫވަމުން އެބަދެއެވެ. ޓީވީ ކޮށި ކައިރި ދިރިއުޅޭ މަނަދޫގެ ރައްޔިތުން ހާމަކުރައްވާ ގޮތުގައި ޓީވީ ކޮއްޓަށް ދޭންވާ ސަމާލުކަން ނުދެއްވުމުން އެބިން ކުނިގޮޑަކަށް ބަދަލުވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ނުބައިވަސް ދުވުމާއި، މަދިރީގެ އުނދަގޫ ވަރަށް ބޮޑުކަމަށެވެ. ޓީވީ ކޮށީގައި ވަށާފާރު ނުރޭނުމުގެ ސަބަބުން ދިމާވާ މައްސަލަތައް ދުވަހެއް ދުވަހެއް ބޮޑުވަމުން ދާއިރު، ލީގަލް ރީފޯމް މިނިސްޓްރީއަށް ދޫކުރައްވާފައިވާ މި ބިމުގައި އަވަސްގޮތަކުން ވަށާފާރު ނުރާނައިފިނަމަ، މިހާރު ތަރައްޤީ ކުރެވޭ ސޯސަންމަގުގެ މޫނުމަތި ހަޑިވެދާނެއެވެ. ޓެލެވިޒަން މޯލްޑިވްސްއިން އެބިމުގައި ޖަހާފައިވާ ޑިޝް އެންޓަނާ ވެސް ގަސްތައް ބޯވުމުގެ ސަބަބުންވަނީ ނުފެންނަ ވަރުވެފައެވެ. މިއީ އެބިން ނެންގެވި ފަރާތުން ވިސްނާ ސަމާލުވާންވެއްޖެ ކަމެއްކަމަށް އެމްއެލް އިން ދެކެމެވެ

No comments: