Sunday, March 16, 2008

އިރު އޮބްޒާވަރުގައި މަނަދޫ ލައިވްގެ ފޮޓޯއެއް ޖަހައިފި

ރާއްޖާގެ މަޝްހޫރު އޮންލައިން ނޫސް " އިރު އޮބްޒާވަރ " ގައި މަނަދޫ ލައިވް ( އެމް.އެލް ) ގެ ފޮޓޯއެއް ޖަހައިފިއެވެ. މަނަދޫގައި ހިގާ ކަންތައްތައް ވަގުތުން ވަގުތަށް ގެނެސްދެމުންދާ މަނަދޫ ލައިވުން ޚަބަރާއި ފޮޓޯ ރާއްޖޭގެ އެންމެ މަތީ ހަރުފަތުގެ ނޫސް އިދާރާތަކުން މިދަނީ ބޭނުން ކުރަމުންނެވެ. މިއީ މަނަދޫގެ ޚަބަރުތައް މުޅި ދުނިޔެއަށް ފެތުރުމުގައި އެމްއެލް އިން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ. މަނަދޫ ލައިވް އިން ނަގާފައިވާ ފޮޓޯއެއްކަން އެނގޭނެގޮތަށް އިރު އޮބްޒާވަރުންވަނީ އެކަން ފާހަގަ ކުރައްވާ، ފޮޓޯގައި މަނަދޫ ލައިވް ޖައްސަވާފައެވެ. އިރު އޮބްޒާވަރަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކޮށްގެން ނެރެންފެށި އޮންލައިން ނިއުސް އެވެ. އިރު އޮބްޒާވަރުގެ ޗެއަރމަނަކީ ނ. ކުޑަފަރީ އަޙްމަދު ޝިޔާމް މުޙަންމަދެވެ. އެޑިޓަރަކީ ހޯރަފުށީ މުޙަންމަދު ސަލީމެވެ

މީގެ ދެތިން ދުވަސްކުރިން ޖަޒީރާ ނޫހުގައިވެސް މަނަދޫ އޮންލައިނުން ނަގާފައިވާ ފޮޓޯއެއްވަނީ ޖަހާފައެވެ. އަދި އެ ފޮޓޯއަކީ އެމްއެލްއިން ނަގާފައިވާ ފޮޓޯއެއްކަމަށް ޖަޒީރާ ނޫހުގައިވެސް ލިޔުއްވާފައިވެސްވެއެވެ

No comments: