Tuesday, March 18, 2008

މަނަދޫ ސޯސަންމަގު ފޫދުއްވާލި ދިމާ ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރެވެން ފަށައިފި



މަނަދޫ ސޯސަންމަގު ހުޅަނގުކޮޅުން ފޫދުއްވާލި ދިމައިގައިވާ ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް މިއަދު އިރުއޮއްސުނުތަނާ ކުރެވެން ފަށައިފިކަމުގައި މަޢުލޫމާތު ލިބިއްޖެއެވެ. މިމަސައްކަތް ކޮށްދިނުމާއި ޙަވާލުވެފައިވަނީ ނ. އަތޮޅުގައި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރައްވަމުން ގެންދަވާ މެދަފުށީން އެމަސައްކަތައް ގެންނެވި ހައިމާކެއްގެ އެހީގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިމަސައްކަތައް ގާތްގަނޑަކަށް 14000 ރުފިޔާ ޚަރަދުވާނެއެވެ. މިފައިސާ ހަމަޖައްސަވައިދެއްވާފައިވަނީ އަތޮޅު އޮފީހުގެ ބަޖެޓަކުންކަން މިބްލޮގަށް މަޢުލޫމާތު ލިބިފައިވެއެވެ. ސޯސަންމަގު ފޫދުއްވާލުމުން މަނަދޫގެ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިމަސައްކަތާއި ގުޅޭ ފޮޓޯއާއި އިތުރު ތަފްޞީލް ފަހުން ގެނެސްދޭނެ ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ.

No comments: