Saturday, March 22, 2008

ދުނިޔޭގެ ފެނުގެ ދުވަސް މަނަދޫ އޮފީހުން މިއަދު ފާހަގަކޮށްފި


މިއަދަކީ ދުނިޔޭގެ ފެނުގެ ދުވަސް ކަމަށް ވުމާއެކު މަނަދޫ އޮފީހުން ހިންގެވި ޕްރޮގްރާމެއް މިއަދު 9:00 ގައި މަނަދޫގައި ކުރިއަށް ގެންދެވިއްޖެއެވެ. މިފްރޮގްރާމްގެ ދަށުން މަނަދޫގައި ބެހެއްޓިފައިވާ އާއްމު ހުރިހާ ފެންތާނގީތަކެއް ސާފުކޮށްފައިވެއެވެ. މަނަދޫގެ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ މިމަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރު އޮފީސްތަކުގެ އަންހެން މުވައްޒަފުންގެ ފަރާތުން ދަޅާއި ބިސްކޯދު މަސައްކަތް ކުރި ފަރާތްތަކަށް ދެއްވާފައިވެއެވެ. މިމަސައްކަތް ހިނގާނުހިނގާ ގޮތް ބައްލަވާލެއްވުމަށް ނ. އަތޮޅުވެރިޔާ އަލްފާޟިލް އާބްދުﷲ ޚަލީލު ވަޑައިގެން މަސައްތަށް ހިތްވަރު ދެއްވާ ހައްދަވާފައިވެއެވެ. މަނަދޫ އޮފީހުން އިންތިޒާމު ކުރެއްވި މިޕޮގްރާމަށް އެދެވޭ ތަރުހީބެއް ލިބުނުކަމަށާއި ކްލަބް ޖަމުޢިއްޔާތަކާއި ސަރުކާރުގެ އިދާރާތަކުގެ އެއްބާރު ލެއްވުން ލިބުނުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ

1 comment:

Anonymous said...

ފެންތާނގީތައް ސާފު ކުރުމަކުން ނުފުދޭނެ! ތިޔަރަށުގައި ތަރަޤީއަށްޓަކައި ކުަރަމުން އަންނަނީ މަދު މަސައްކަތެއް،،، ބަނދަރު ހެދޭނެ ދުވަހެއް ނޭނގޭ؟؟؟ ރަށުގެ ތަޢުލީމީ ފެންވަރު ދުވަހަކު ރަނގަޅެއް ނުވޭ!! ކެނދިކޮޅު ސްކޫލުން ރަނގަޅު ނަތީޖާތައް ނެރޭއިރު އެއަށް ވުރެ ގިނަދުވަސްވީ ސްކޫލަކަށް އެނަތީޖާތައް ނުނެރެވެން ދިމާވަނީ ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ޒިންމާދާރުކަން ކުޑަވުމުން. ނާޒިރު ތުއްތު