Wednesday, March 5, 2008

ނަރުދަމާގެ މައްސަލައިގައި ރައްޔިތުންނާ ބައްދަލުކޮށްފި


މަނަދޫގައި ގާއިމުކުރާ ފާޚާނާ ނަރުދަމާ ނިޒާމުގެ މައްސަލައިގައި ރޭގައި ރައްޔިތުންނާ ބައްދަލުކޮށްފިއެވެ. އަތޮޅު ވެރިންނާއި ރަށުގެ ވެރިންނާއި ކޮމެޓީތަކާއި ކޮންޓްރެކްޓަރާއި މަނަދޫ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އަތޮޅުވެރިން ބައިވެރިވެ ވަޑައިއެއް ނުގަންނަވައެވެ. މި ބައްދަލުވުމުގައި މަނަދޫގެ ތިން ވެރިންނާއި ކޮންޓްރެކްޓަރ މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މަސައްކަތާބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދެއްވިއެވެ. ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދެވިއެވެ. މި މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރީ ކުރިން ފައިބަރގްލާސް ޖަންގްޝަން ބެހެއްޓުމަށް ހަމަޖެހިފައި އޮތުމަށްފަހު މިހާރު ސިމެންތިން ޖަންކްޝަން ހަދަން ހަމަޖެއްސުމުންނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ސިމެންތިން ޖަންގްޝަން ހަދަން ނިންމީ ޕްރޮޖެކްޓަށް އައި ބަދަލަކުންނެވެ

No comments: