Saturday, March 22, 2008

ވަތަނިއްޔާ ރޭންޖުގެ މައްސަލަ މަނަދޫގެ އެކި ސަރަޙައްދުތަކަށް


މުވާސަލާތީ ޚިދުމަތް ދެއްވަމުން އަންނަ ވަތަނިއްޔާ ރޭންޖުގެ މައްސަލަ މަނަދޫއަށް ވަރަށް ބޮޑުކަމުގައި އެމްއެލްއަށް ޚަބަރު ލިބިއްޖެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިމައްސަލަ އެންމެބޮޑުވެފައިވަނީ މަނަދޫ ހުޅަނގު އަވަށު ސަރަޙައްދުތަކަށެވެ. މިހެންވީނަމަވެސް އިރުމަތީ އަވަށަށްވެސް މިމައްސަލަ ކުރިމަތިވާކަމަށް އެއަވަށުން ވަތަނިއްޔާގެ ޚިދުމަތް ހޯއްދަވާ ފަރާތަކުން ވިދާޅުވިއެވެ. ''ބައެއް ފަހަރު ފޯނުން ވާހަކަ ދައްކަން ހުއްޓާވެސް ފޯނު ކެނޑިދާނެ. އަނެއްބައި ފަހަރު ހަމަ އެއްގޮތަކަށް ނުގުޅިވެސް ހިނގައިދާނެ'' ވަތަނިއްޔާ ބޭނުންފުޅު ކުރައްވާ މަނަދޫގެ އާންމު ރައްޔިތަކު މަނަދޫ ލައިވްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެދެއްވިއެވެ

ވަތަނިއްޔާ ރޭންޖްގެ މައްސަލައާއި ގުޅިގެން ވަތަނިއްޔާއަށް ގުޅާލުމުން އެތަނުން ވާހަކަ ދެއްވި ބޭފުޅާ ވިދާޅުވީ، މަނަދޫގައި ރޭންޖްގެ މައްސަލަ ދިމާވަނީ މާފަރުގައި ހުރި ވަތަނިއްޔާގެ އެންޓަނާއަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ލަފާކުރައްވާ ކަމަށެވެ. އަދި މަނަދޫއަށް ދިމާވެފައިވާ މައްސަލަ ކުރިއަށް އޮތް ތަނުގައި ހައްލުކޮށް ދެއްވާނޭ ކަމަށާއި ކުންފުންޏަށް ގެއްލުން ލިބޭނެ ގޮތަކަށް އެއްވެސް ކަމެއް ދޫކޮށް ނުލައްވާނެކަމަށެވެ

No comments: