Sunday, March 2, 2008

ނ. އަތޮޅު މަދަރުސާގެ ކުދިންގެ ކުޅިވަރުތަކަށް ބޮޑު ތަރުހީބެއް ލިބުނު











ނ. އަތޮޅު މަދަރުސާގެ 29 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ކުޅިވަރުތަކަށް މަނަދޫ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރު އަދި އިބުރަތްތެރި ޑްރާމާތައް ފެނިގެން ދިޔަ މި ކުޅިވަރު ޕްރޮގްރާމުގައި ހުރިހާ އައިޓަމްތަކެއްވެސް ހުށަހެޅީ ނ. އަތޮޅު މަދަރުސާގެ ދަރިވަރުންނެވެ. މި ކުޅިވަރުތައް އޮތީ ނ. އަތޮޅު އޮފީހުގެ އުތުރުން އޮންނަ ހުސްބިމުގައި 1 މާރޗް 2008 ގައެވެ. މާޗް މަހުގެ 1 ވަނަ ދުވަހަކީ ނ. އަތޮޅު މަދަރުސާގެ އަހަރީ ދުވަހެވެ. ފޮޓޯ ކެޕްޝަން: ނ. އަތޮޅު މަދަރުސާގެ ދަރިވަރުން ކުޅުނު ޑްރާމާއެއް ހުށަހަޅައިދެނީ

No comments: