
މިހާރު ނ. އަތޮޅުގައި ކުރިއަށްދާ ދިވެހި ލީގު އަތޮޅު މުބާރާތުގެ ފައިނަލަށް ނ. ލަންދޫ ޒުވާނުންގެ ޖަމުއިއްޔާ ހިގައްޖެއެވެ. ހޮޅުދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ލަންދޫ ފައިނަލަށް ދިޔައީ ހޮޅުދޫ ބަނިއަން އެސޯސިއޭޝަން ފޯރ އޯލް ( ބަފާ ) އާ ބައްދަލުކޮށް 3-1 ގެ ލީޑަކުން މޮޅުވެގެންނެވެ. ލަންދޫ ޒުވާނުންގެ ޖަމުއިއްޔާ ޓީމަށް މަނަދޫގެ 5 ކުޅުންތެރިއަކު ކުޅެއެވެ. އެއީ އިބުރާހިމް ނައުފަލް ( އަންކާ)، އަބުދުﷲ އިޔާސް، އަބުދުލް ހަލީމް، އަހުމަދު ނަސީމް އަދި އާދަމް ފަހީމް ( ގޮއިއްޓޭ) އެވެ. ލަންދޫ ފައިނަލަށް ގެންގޮސް ދިނުމަށް ލަންދޫން ޖެހި ތިން ގޯލްގެ ތެރެއިން ފުރަތަމަ ގޯލްޖަހާ ފައިނަލްގެ ޖާގަ އަށް މަގު ހުޅުވާލީ މަނަދޫ މާރިނދަ އިބްރާހިމް ނައުފަލް ( އަންކާ) އެވެ. މިއަދު ކުޅެވޭނީ މި މުބާރާތުގެ ސެމީފައިލް ދެވަނަ މެޗެވެ. ބައްދަލު ކުރާނީ ހޮޅުދޫ މޭނާސުކޫލް އިސްދަރިވަރުންގެ ޖަމުއިއްޔާ އާއި މިލަދޫ ސްޕޯޓްސް ކުލަބެވެ
No comments:
Post a Comment