
ހުޅުލެއާއި މާލެ އާއި ދެމެދުގައި ދަތުރުކުރާ މަނަދޫ ޒަމާނީ ދޯނި ބޮޑު މަރާމާތަކަށްފަހު މާލެ ދިއުމަށް ރޭގައި ފުރައިފިއެވެ. މުޅި ދޯނި ރޫޅާލައިގެން އަލުން ފަށަން މަތިން ބަނދެގެން މާލެއަށް މި ދޯނި މިދަނީ ކުރިންވެސް ކުރަމުން ދިޔަ ގޮތަށް ހުޅުލެއާއި މާލެއާއި ދެމެދު ފެރީ ދަތުރުކުރާށެވެ. މަނަދޫ މަގުމަތީގޭ އިބްރާހިމް ޢަބްދުއްރަޙްމާނު ދުއްވާ މި ފެރީއަކީ ހުޅުލެއާއި މާލެއާ ދެމެދު ދުއްވަމުން ދިޔަ މަނަދޫގެ ގިނަ ފެރީ ދޯނިތަކުގެ ތެރެއިން މި އިންޑަސްޓްރީގައި އެންމެ ގިނަ ދުވަހު ހިފަހައްޓާލި ދޯންޏެވެ.
No comments:
Post a Comment