Sunday, March 23, 2008

މަނަދޫ ބޯޓް މަނަދޫއަށް އަލްވަދާޢު ކިޔަނީ


މަނަދޫގައި މާލެ ދަތުރުކުރާނެ އުޅަނދެއް ނެތި ދިގު ޒަމާންތަކެއް ދިއުމަށްފަހު އަމްޖަދު ޢަލީ ބެންނެވި މަނަދޫ ބޯޓް މަނަދޫއަށް އަލްވަދާޢު ކިޔަން ތައްޔާރު ވެއްޖެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މަނަދޫ ބޯޓް ގއ. ވިލިނގިލީ ބަޔަކަށް ކުއްޔަށް ދިނުމުގެ އެންމެ ފަހުމަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. މަނަދޫ ބޯޓް ކުއްޔަށް ދިނުމަށް ބޯޓްގެ ވެރިފަރާތުން ނިންމަވާފައިވާ އަގަކީ ދެމަހުގެ އެޑްވާންސާއިއެކު މަހަކު 85000 ރުފިޔާއަށެވެ. ބޯޓް ކުއްޔަށް ހިފާ ފަރާތްކަމަށްވާ ވިލިނގިލީ މުސްތަފާ ބުނުއްވީ މަނަދޫ ބޯޓް މުދާއުފުލަން ބަރާބަރު ކަމަށާއި ހިތްހަމަ ޖެހޭކަމަށެވެ. މުސްތަފާ އެމްއެލް އަށް ދެއްވި ވަގުތުކޮޅެއްގައި ވިދާޅުވީ މަނަދޫ ބޯޓް މިފަހަރު މަނަދޫއަށް ދާއިރު އޭނާ ދާނެކަމަށާއި ބޭނުމަކީ ދުވެލި ޓެސްޓްކޮށްލުން ކަމަށެވެ. މަނަދޫ ބޯޓް ވިލިނގިލީ މުސްތަފާއަށް ކުއްޔަށް ދެނީ އެއް އަހަރަށް ކަމަށާއި، އެއް އަހަރުވުމުން ބޯޓް ކުއްޔަށް ހިފި ފަރާތުން ބޭނުންވެއްޖެނަމަ މުއްދަތު އިތުރުކޮށްދެއްވާނެކަމަށް މަނަދޫ ބޯޓްގެ އޯނަރ އަމްޖަދް ޢަލީ ވިދާޅުވިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ފުރުމަށް ތައްޔާރުވަމުން އަންނަ، މަނަދޫ ބޯޓްގެ މިފަހަރު މަނަދޫ ދަތުރަކީ އެންމެ ފަހުދަތުރަށް ވެގެންދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. މަނަދޫ ބޯޓް ކުއްޔަށް ދިނުމުން މަނަދޫއަށް އާންމުކޮށް ދަތުރުކުރާނީ މާފަރު ބޯޓާއި ލަންދޫ ބޯޓެވެ

1 comment:

Anonymous said...

ތިޔަކަންތައް ތިޔަވީ ހަމަ ކުރިންވެސް އަޅުގަނޑަށް ހީކުރެވުނު ގޮތައް. މަނަދޫގައި ކަމެއް ކރަން ކެރޭ ހީވާގި ފިރިހެނެއް އަޅުގަނޑެއް ނުދެކެން، މަނދޫގެ ގިނަ މީހުން ބޭނުންވަނީ ހޮޅުއަށިތަކުގައި އަނގަމަޖާކޮށް ފޮނިކަނޑަށް ތިބެގެން ފައިސާ ލިބޭނެގޮތެއް... ތިޔައީ ވަރަށް ކަންނެއްބަޔެއް. ......މާފަރު އަދުނާނު