Tuesday, March 4, 2008

މަނަދޫ ކަތީބު ޙަސަން އިބްރާހިމަށް މަރުޙަބާ ކިޔުމުގެ ބައްދަލުވުމެއް މަނަދޫ އޮފީހުގައި ބާއްވައިފި


މަނަދޫ ކަތީބު އަލްފާޟިލް ޙަސަން އިބްރާހިމަށް ކަތީބުކަން ލިބިވަޑައިގެންނެވުމާ ގުޅިގެން މަރުޙަބާ ކިޔުމުގެ ބައްދަލުވުމެއް މަނަދޫ އޮފީހުގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި މަނަދޫ އޮފީހުގެ ހުރިހާ މުވައްޒަފުން ބައިވެރިވިކަމަށް ޚަބަރު ލިބިފައިވެއެވެ. މި ބައްދަލުވުމުގައި ކަތީބު ޙަސަން އިބްރާހިމްއަށް މަރުޙަބާ ވިދާޅުވެ ވާހަކަ ދެއްކެވީ މަނަދޫ ކަތީބު އަލްފާޟިލް ސަޢީދު ގާސިމެވެ. ޙަސަން އިބްރާހިމަކީވެސް މިހާރު ސަޢީދު ގާސިމާ އެއް މަގާމެއްގައި ހުންނެވި މީހެއް ކަމަށާއި ސައީދު ގާސިމަށް ކުރައްވާ އިހުތިރާމް ޙަސަން އިބްރާހިމަށްވެސް ކުރެއްވުމަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން އޮފީހުގެ މުވައްޒަފުންގެ ނަމުގައި ޙަސަން އިބްރާހިމަށް މަރުޙަބާ ދެންނެވިއެވެ

No comments: