Saturday, March 15, 2008

އަތޮޅު ހޮސްޕިޓަލްގެ ކަންތައްތައް ބެއްލެވުމަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްގެ ސުޕަވިޒަން ޓީމެއް މަނަދޫގައި


ފޮޓޯ ބޮޑުކޮށް ބެއްލެވުމަށް ފޮޓޯއަށް ކްލިކް ކޮށްލައްވާ

މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލްގެ ކަންތައްތައް ބެއްލެވުމަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްގެ ޓީމެއް މިހާރު މަނަދޫގައި މަސައްކަތްކުރައްވަމުން އެބަގެންދަވައެވެ. މި ޓީމުން ހޮސްޕިޓަލްގެ ހިޔުމަން ރިސޯސް އާއި ބަޖެޓް އެންޑް ފައިނޭންސް އަދި ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ހުރިނެތްގޮތް ބައްލަވަމުން އެބަ ގެންދަވައެވެ. މި ޓީމުގެ އިސްބޭފުޅަކަށް ވަޑައިގެން ހުންނެވީ އއ. ރަސްދޫ އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝާކިރެވެ. 6 ބޭފުޅުންގެ މިޓީމުން ހޮސްޕިޓަލްގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ނ. އަތޮޅު ހޮސްޕިޓަލަކީ އެންމެންނާ ގުޅޭ ރަޙުމަތްތެރި ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބާރުއަޅުއްވާ ވާހަކަ ދެއްކެވިއެވެ. އަދި މުވައްޒަފުންނަށް ދަތިވާ ކަންތައްތައް މި ޓީމަށް ހޮސްޕިޓަލުގެ މުވައްޒަފުން ހުށަހެޅުއްވިއެވެ

މި ސުޕަވިޒަން ޓީމުގެ މަސައްކަތް މިއަދު ނިންމާލައްވާނެކަމަށް ޚަބަރު ލިބިފައިވެއެވެ. ދެން މިޓީމު ދަތުރުކުރާނީ ރ. ރީޖަނަލް ހޮސްޕިޓަލަށެވެ. މިޓީމު މަނަދޫއަށް އައީ ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލް ސުޕަވައިޒް ކުރައްވާފައެވެ

2 comments:

Anonymous said...

bath kudey kaali laarigandu thi meehunnahves nufennaane dho

Anonymous said...

hospital bodu meeha baiskal kolhu dho e hury faaruga lahkollaafa