Saturday, March 22, 2008

ސަރުކާރުން މަނަދޫއަށް ދެއްވި 200 ކިލޯވޮޓްގެ ޖަނަރޭޓަރ އެންމެފަހުން މަނަދޫ ބޯޓަށް ލާގޮތަށް ހަމަޖެހިއްޖެ




މަނަދޫ ރައްޔިތުންނަށްޓަކައި ސަރުކާރުން ދެއްވާފައިވާ 200 ކިލޯވޮޓްގެ ޖަނަރޭޓަރ މަނަދޫ ބޯޓަށް ލާގޮތަށް ހަމަޖެހިއްޖެއެވެ. މަނަދޫ ބޯޓަށް މިޖަނަރޭޓަރ ލާގޮތަށް ހަމަޖެއްސީ ކުރިން މިޖަނަރޭޓް މަނަދޫއަށް ގެންގޮސް ދެއްވާނެ ކަމަށް ބުނެފައިވާ މާކްކޮމްޕެނީން ޖަނަރޭޓަރ ހިލޭ ސާބަހަށް ގެންގޮސް ދޭނެކަމަށް ކުރިން ބުނެފައި އޮތުމަށްފަހު ގެންގޮސް ދިނުމަށް އަގެއް ކަނޑައެޅުމާއި ގުޅިގެންނެވެ. އެމްއެލްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާކްކޮމްޕެނީން ޖަނަރޭޓަރ މަނަދޫއަށް ގެންގޮސް ދިނުމުގެ އަގަކަށް އިންޝުއަރެންސްއާއެކު ގާތްގަނޑަކަށް 4200ރުފިޔާ އަރާކަމަށް ވެއެވެ. މަނަދޫ ބޯޓާއި މިކަމާއި ގުޅޭގޮތުން ސުވާލުކޮށްލުމުން އަމްޖަދް ޢަލީ ވިދާޅުވީ 200 ކިލޯވޮޓްގެ ޖަނެރޭޓަރ މަނަދޫ ބޯޓުން ގެންދިއުމުގެ ހުރިހާ ކަމެއްހެން ނިމިފައިވާ ކަމަށާއި ކަމާއިބެހޭ ފަރާތްތަކުން ބޯޓަށް ވަޑައިގެން ޖަނަރޭޓަރ ބަހަށްޓަންވާ ތަން ބަލާފައިވާ ކަމަށެވެ. މަނަދޫ ބޯޓުން މިޖަނަރޭޓަރ ގެންގޮސް ދިނުމާއި މަނަދޫއަށް ބޭލުމުގެ ހުރިހާ ކަމަކަށް އަދި ހަމަޖައްސާފައިވަނީ 5000 ރުފިޔާކަމަށް އެމްއެލް އަށް މައުލޫމާތު ލިބިފައިވެއެވެ

1 comment:

Anonymous said...

ވަރުވަރުގެ ޖަނަރޭޓަރު ގެންދިޔަޔަސް ނުވާނެ، ތިޔަ ހަދިޔާ އިންޖީނުގެވެސް ހީވަނީ ދަރުފިޔަފާޅިއެއްހެން،، ތިޔަ ޕަވަރ ހައުސް އަށްވުރެ ބޮޑޭބެގެވެސް ރީތިހެން ހީވަނީ ~ބޮޑޭބެ~