Saturday, March 1, 2008

ނ. އަތޮޅު މަދަރުސާގެ 29 ވަނަ އަހަރީ ދުވަހުގެ ކުޅިވަރުތައް ބާއްވައިފި


ނ. އަތޮޅު މަދަރުސާއަށް 29 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ކުޅިވަރުތައް މިއަދު ހަވީރު މަނަދޫ ގައި ބާއްވައިފިއެވެ. ކުޅިވަރުތައް ބޭއްވީ ނ. އަތޮޅު އޮފީހުގެ އުތުރުން އޮންނަ ހުސް ބިމުގައެވެ. ސްކޫލު ކުދިން ހުށަހަޅައިދިން އައިޓަމް ތަކުގެ ތެރޭގައި ސަޤާފީ އަދި ޒަމާނީ ނެށުންތަކާއި ކުޅިވަރުތައް އަދި ހެއްވާ މަޖާ ޑްރާމާތަކާއި އިބުރަތްތެރި މެސެޖްތައް އެކުވެލޭ އައިޓްމަތައް ހުއްޓެވެ. މި ކުޅިވަރުތައް ބަލާލުމަށް މަނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ބެލެނިވެރިން އަދި އަތޮޅު އޮފީހުގެ ވެރިންނާއި ރަށުގެ ވެރިން ހާޒިރުވެވަޑައިގެންނެވިއެވެ. ނ. އަތޮޅު މަދަރުސާގެ އަހަރީ ދުވަހަކީ މާޗްމަހުގެ 1 ވަނަ ދުވަހެވެ

No comments: