Friday, March 14, 2008

އަތޮޅުވެރިޔާ ކެނދިކުޅުދޫއަށް ފުރާވަޑައިގެންފި



ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ކެނދިކުޅުދޫއަށް މިއަދު ފުރާވަޑައިގެންފިއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިދަތުރުފުޅަކީ ކެނދިކުޅުދޫ ކެނދިކޮޅު އަވަށުގައި އިމާރާތް ކޮށްފައިވާ ޕްރީ ސްކޫލެއް ހުޅުވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ޕްރީ ސްކޫލަކީ ސިންގަޕޫރު ކިޔަވާކުދިން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން އެމީހުންގެ ޚަރަދުގައި އެމީހުން މަސައްކަތްކޮށްގެން އިމާރާތްކުރި ސްކޫލެކެވެ. އަތޮޅުވެރިޔާގެ މިދަތުރުފުޅުގައި އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލް ޢަބްދުﷲ ޢަބްދުލްވާހިދު އާއި އަތޮޅު އޮފީހުގެ ބައެއް މުވައްޒަފުން ބައިވެރިވެލައްވައެވެ. މިދަތުރުފުޅު ފައްޓަވާފައިވަނީ މިއަދު މެންދުރުފަހު 2:30 ހާއިރުއެވެ

No comments: