Sunday, March 16, 2008

މަނަދޫ ބޯޓް މަނަދޫ ބަދަރުން ފުރައިފި

މިއަދު ހެނދުނު 8:45 ހާއިރު މަނަދޫ ބޯޓު މަނަދޫން މާލެ ދިއުމަށް ފުރައިފިއެވެ. އިއްޔެ ހެނދުނު ފުރާގޮތަށް ކުރިން ހަމަޖެހިފައި އޮތް މަނަދޫ ބޯޓުގެ ދަތުރު ލަސްކުރީ މޫސުމް ގޯސްވުމުގެ ސަބަބުންނެވެ. މަނަދޫ ބޯޓު މިއަދު ފުރިއިރުވެސް ކުޑަކޮށް ވާރޭ ވެހެމުން ދިޔައެވެ. މަނަދޫ އާއި މަނަދޫ ކައިރި ހިސާބުތަކަށް މިއަދުގެ މޫސުމްވެސް ރަނގަޅު ރަނގަޅެއްނޫނެވެ. ސެޓްލައިޓް ރިޕޯޓްތަކުން ކުރިއަށްއޮތް ހަފުތާގެ މޫސުމް ދައްކާގޮތުގައި މިއަދަށްވުރެ މާދަމާ ( ހޯމަ ދުވަހު ) މޫސުމް ގޯސްވާނެއެވެ. މާދަމާ ގުރުމާއެކު މަނަދޫއަށް ވިއްސާރަ ކުރާނެއެވެ. ނަމަވެސް އަންގާރަ ދުވަހުން ފެށިގެން މޫސުމް ރަނގަޅުވާން ފަށާނެ ކަމަށްވެސް ސެޓްލައިޓް ރިޕޯޓްތައް ދައްކައެވެ.


މިއަދުގެ މޫސުމް: ހެނދުނު 8:00 ގައި ހުރިގޮތް އަދި ކުރިއަށްއޮތް ގަޑިތަކުގައި މަނަދޫގެ މޫސުމް ކުރިއަށް ލަފާކުރާގޮތް

1 comment:

Anonymous said...

މަނަދޫ ބޯޓުން ނާލުގެ އަގު ބޮޑީ ކީއްވެގެންކަން ބުނެދީ ބަލަ؟ ލަންދޫ ބޯޓުތަކުން ނާލު ނަގަނީ ތިޔަ ބޯޓަށްވުރެ ކުޑަކޮށް .ނަމަވެސް ލަންދޫ ބޯޓު ތަކަށްވެސް ފައިދާވޭ. އަވަހަށް މުއްސަނދިވާން އުޅުނަސް ތީ ފުކެއް ބޮޑުވަރު. (ރާބެ