Friday, March 21, 2008

މަނަދޫގައި ހިޔާވަހިކަން ނެތް ފަގީރުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޢަމަލީ މަސައްކަތް ފަށައިފި


މަނަދޫގައި ހިޔާވަހިކަން ނެތް ފަޤީރުންނަށް ބޯހިޔާވަހިކަން ހޯދަވައިދެއްވުމުގެ ގޮތުން އެތަނަވަސްކަން ނެތް އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން މަނަދޫގައި ޢިމާރާތް ކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށް އެބަގެންދަވައެވެ. މިމަސައްކަތުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވެ ލައްވަނީ މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ އާންމު މުވައްޒަފުންނެވެ. އެގޮތުން މިހާރު ކުރިއަށް ގެންދަވަނީ މަނަދޫ ގްރީން ގްރާސް އަލްފާޞިލް ޢަބްދުﷲ (ބޮޑޭބެ) ގޭގައި 12 ފޫޓް 12 ފޫޓް ކޮޓަރިއެއް ހައްދަވައިދެއްވުމުގެ މަސައްކަތެވެ. މިމަސައްކަތަށް ނ. އަތޮޅު އޮފީހުގެ އިތުރުން މަނަދޫގައި ހުންނަ ބެންކް އޮފް މޯލްޑިވްސްގެ މަނަދޫ ބްރާންޗުންނާއި ސަރުކާރުގެ އިދާރާތަކުން އެހީގެ ގޮތުގައި 12000 ދިވެހި ރުފިޔާ ދެއްވާފައިވެއެވެ. އަދި މަނަދޫގައި ނަރުދަމާގެ މަސައްކަތާއި ޙަވާލުވެ އުޅުއްވާ މާކްކޮމްޕެނީން ގެންދަވަނީ މިމަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ. އެގޮތުން އެފަރާތުން މަސައްކަތަށް ބޭނުންވާ ސިމެންތި އާއި ދަނގަޑާއި އެހެނިހެން އެހީތެރިކަން ގެންދަވަނީ ފޯރުކޮށްދެއްވަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޕްރްޖެކްޓް ނިމުމުން ކައިރި މުސްތަޤުބަލެއްގައި އެހެން ޕްރޮޖެކްޓެއްގެ މަސައްކަތް ފެއްޓޭނެއެވެ

No comments: