Wednesday, March 12, 2008

ކުށެއްގެ އިސްލާޙް: އިބްރާހިމް ރަޝީދު ބަދަލުކުރެއްވީ ޑިޕިޔުޓީ މެނޭޖަރު ކަމަށް

ނ. އަތޮޅު ހޮސްޕިޓަލްގެ ކޮމިޔުނިޓީ ހެލްތު ސުޕަވައިޒަރުކަމުގައި ހުންނެވި މަނަދޫ ބިޖިލީގޭ އަލްފާޟިލް އިބްރާހިމް ރަޝީދު ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ކަމަށް ބަދަލުކުރެއްވި ކަމަށް މި ބްލޮގުގައި ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ އިބްރާހިމް ރަޝީދު ބަދަލުކުރެއްވީ ޑިޕިއުޓީ މެނޭޖަރުކަމުގެ މަގާމަށެވެ. ވީމާ އެކަމަށްޓަކައި އިބްރާހިމް ރަޝީދުގެ އަރިހުންނާއި މި ބްލޮގުގެ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. އިބްރާހިމް ރަޝީދު ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފައްޓަވާފައިވަނީ 1979 ވަނަ އަހަރުއެވެ. ފުރަތަމަ އަދާކުރެއްވީ ނ. އަތޮޅު ކޯޓުގެ ކާތިބުކަމެވެ. ދެން އެން.އެސް.އެސްގެ ޕްރައިވެޓްކަމެވެ. ކޮމިޔުނިޓީ ހެލްތު ވޯކަރުގެ މަޤާމާއި ކޮމިޔުނިޓީ ހެލްތު ސުޕަވައިޒަރުގެ މަޤާމުވެސް އިބްރާހިމް ރަޝީދު އަދާކުރައްވާފައިވެއެވެ
މިހާރު މި ބްލޮގުގައި ކުރިން ޖެހި ޚަބަރުވާނީ އިސްލާހު ކޮށްފައެވެ. މިކަން މި ބްލޮގުގެ ސަމާލުކަމަށް ގެނެސްދެއްވި ފަރާތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އެޑިޓަރ

1 comment:

Anonymous said...

Saabahey editaruuu..... thankolheh faruvaa bahataigen echehi liyebala.. kobaa ibrahim rasheed ge haggu? he was so sad abt that..

dhen ekamaku sarukaarunves thi dhey echeh mihaaaru ibrahim rasheedh ah dhey haa dhuvas vejjetha.... ekamaku mihaadhuvas koffaves thiya dhevee deputy manager kan.... ekamaku hama kulliyakah badeyri saeedhah atholhuveriyaage eheetheriyaakan libuneee kihineh.. anehkaa Akiyanbo Arathehbaa.../

-MANADHOO HORSE-