Friday, March 14, 2008

މަނަދޫއަށް ސަރުކާރުދެއްވި 200 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކަސްޓަމްސްގައި

މަނަދޫގެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން ހިލޭ އެހީގެ ގޮތުގައި މަނަދޫ ރައްޔިތުންނަށް ދެއްވާފައިވާ 200 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކަސްޓަމްސްގައި އެބަހުރި ކަމަށް މަނަދޫ ކަތީބު އަލްފާޟިލް ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މަނަދޫ ރައްޔިތުންނާ އަތޮޅުވެރިން ބައްދަލުކޮށްލެއްވުމަށް ބޭނުންފުޅުވެގެން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިހާރު ޖަނަރޭޓަރ މާލެ ގެނެސް ހުރީ ކަސްޓަމްސްގެ ގުދަނުގައި ކަމަށާއި މަނަދޫއަށް ގެންނާނެ ގޮތަކާމެދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މަނަދޫ ކަތީބު ވިދާޅުވިއެވެ. ކަތީބު ވިދާޅުވިގޮތުގައި މަނަދޫއަށް ޖަނަރޭޓަރ ގެނައުމުގެ ޚަރަދު ނުގޮސް ނަރުދަމާ ނިޒާމުގެ މަސައްކަތްކުރާ ކޮންޓްރަކްޓަރުންގެ މުދާ އުފުލާދޯނީގައި ގެނެވިދާނެ ކަމަށް އެފަރާތުން ވިދާޅުވެފައި ވާކަމަށާއި ޖަނަރޭޓަރު ގެނަޔަސް އިންޖީނުގޭގައި ޖަނަރޭޓަރު ބަހައްޓާނެ ތަނެއްނެތް ކަމަށް ވިދާޅުވިއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އޭޑީބީ އެހީގެ ދަށުން މަނަދޫގައި ކަރަންޓް ވިއުގަ ގާއިމުކުރުމަށް ބިޑުކޮށް ކޮންޓްރެކްޓަރާއެކު މިހާރުވަނީ އެގްރިމެންޓް ކުރެވިފައެވެ

No comments: