Thursday, March 13, 2008

ކަޓަރު އެޅުމުން މަނަދޫ ޒުވާނަކު ޒަޚަމުވެއްޖެ

ރޭގާތްގަނޑަކަށް 10:30 ހާއިރު ހިނގި މި ހާދިސާގައި ޒަޚަމުވެފައިވަނީ މަނަދޫ ހަވޭލި ހުސެއިން ޝުޢައިބު ކަމަށް ޚަބަރު ލިބިފައިވެއެވެ. ހުސެއިންގެ ގައިގެ ޖުމުލަ 7 ތަނެއްގައި ކަޓަރު އަޅާފައިވާ ކަމަށާއި މިއަމަލު ހިންގީ މަނަދޫގައި ދިރިއުޅޭ ހއ. ބާރަށު އަންހެން ކުއްޖެއް ކަމަށްވާ ރީމާ އެވެ. ރީމާއަކީ މަނަދޫ އުދަރެސް ކިޔާ ގޭގައި ދިރިއުޅެމުންދާ ކުއްޖެކެވެ. މި ކުއްޖާއާއި ޙުސެއިން ޝުޢައިބު ސައިކަލްގައި ބުރުޖަހަންދާތީ ފެންނުނަސް ލޯބީގެ ގުޅުމެއް އޮންނަކަމެއް އަދި ކަޓަރު އެޅީ ކީއްވެގެންކަމެއް ނޭގެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ހުސައިން ގެ ގައިގައި ކަޓަރުއެޅީ މަނަދޫ އުދަރެސްގެ ދޮރުމަތީގައެވެ. ޒަޚަމުވި ތަންތަން އަތޮޅު ހޮސްޕިޓަލުންވަނީ ފަހާ ބޭސް އަޅާފައެވެ

1 comment:

Anonymous said...

Adhey.. loabeefge gurubaanee ehthaaadho.. nooney Baarashu majeves gadha, adhi kataru alhan dheegen amillayah aniyaa hoadhiagen sorahves hama assaribahun saabas... ekamaku dhen meegefahun Manadhoo fas gadugai thikahala viyanudhaa amaleh nuhingumah harukashi ibaaraathun izaarudhen...

-MANADHOO HORSE-