Thursday, March 6, 2008

މަނަދޫ ބޯޓް މިރޭ ފުރަންތައްޔާރު ވެފައިވަނިކޮށް މައްސަލައެއް ޖެހިއްޖެ


މިރޭ 10:00 ގައި ފުރަން ހަމަޖެހިފައިވާ މަނަދޫ ބޯޓަށް އެރުވި ގޮދަޑިތަކެއްގެ މައްސަލައިގައި ގޮދަޑިތަކުގެ ވެރިފަރާތުން މަނަދޫ ބޯޓްގެ ވެރިޔާ އަމްޖަދް އަލީ މިރޭގެ ވަގުތެއްގައި ފުލުސްއޮފީހަށް ހާޒިރުކޮށްފިއެވެ. މިމައްސަލަ ޖެހެންދިމާވިކަމަށްވަނީ ކަނިފުށި ރިޒޯޓް މާލޭ އޮފީހުން ކަނިފުށި ރިޒޯޓަށް ގެންދިއުމަށްޓަކައި މަނަދޫ ބޯޓަށް އެރުވި 600 ގޮދަޑީގެ މައްސަލައެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި 600 ގޮދަޑި މަނަދޫ ބޯޓަށް އަރުވާފައިވަނީ އަމްޖަދާއި ކަނިފުށީ މާލޭ އޮފިހާއި ދެމެދު އަނގަބަހުން ވީ އެއްބަސްވުމެއްގައި ގޮދަޑިއަކަށް 40 ރުފިޔާގެ މަގުންނެވެ. މިއެއްބަސް ވުމާއި އެއްގޮތަށް މަނަދޫ ބޯޓަށް 600 ގޮދަޑި އެރުވުމަށްފަހު، ގަދަޑިތަކުގެ ނާލަށްވާ 24000 ރުފިޔާގެ ބިލް މުދަލުގެ ވެރިފަރާތާއި ޙަވާލުކުރުމުން އަގުބޮޑުކަމަށް ބުނެ ހުރިހާ ގޮދަޑި ބޭލުމަށް ވެރިފަރާތުން އެންގުމުން މަނަދޫ ބޯޓުން އެގޮތަށް ނުބޭލޭނެކަމަށާއި ބޯޓަށް އަރުވަން ފަޅުވެރިން ކުރި ބުރަ މަސައްކަތުގެ އުޖޫރަ ދީފައި ގޮދަޑިތައް ގެންދިއުމަށް އަމްޖަދު ގޮދަޑިތަކުގެ ވެރިފަރާތަށް އެންގިކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް މިކަން ގަބޫލުނުކޮށް މުދަލުގެ ވެރިފަރާތުން މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ ކުރިން ބުނިއަގަށްވުރެ އަގުބޮޑުކަމަށް ބުނެއެވެ. މިރޭ 10:30 ގައި އެންމެފަހުން ބޯޓްފުރައިގެން ދިޔައީ ގޮދަޑިއަކަށް 20 ރުފިޔާ ރޭޓުން 12000 ރުފިޔާއަށް މައްސަލައެއްނެތްކަމަށް ދެފަރާތުން އެއްބަސްވުމަށްފަހުގައެވެ.

No comments: