Sunday, March 9, 2008

ގައުމީ ދުވަހުގެ މުނާޞަބަތުގައި މަނަދޫގައި މިއަދު ބޭއްވުނު ބައެއް ކުޅިވަރުތައް

އަތޮޅުފެންވަރުގައި މިއަހަރުގެ ޤައުމީދުވަސް މަނަދޫގައި ފާހަގަކޮށްފައިވަނީ ވަރަށް ކުލަގަދަކޮށްނެވެ. ދުވަހާއި ގުޅޭގޮތުން މަނަދޫގައި ތަފާތު ޕްރޮގްރާމްތައް ހިންގާފައިވެއެވެ. އެގޮތުން މިއަދު ހެނދު ބޭއްވި ފެތުމުގެ މުބާރާތާއި އަދި މިއަދު ހަވީރު އޮތް ކުޅިވަރުތަކުގެ ތެރޭގައި ރޯނު ވެށުމުގެ މުބާރާތަކާއި، ފަންގެ ވިނުމުގެ މުބާރާތަކާއި، ބުޅީގައި އަސްކޮޅު ޖެހުމުގެ މުބާރާތަކާއި ކާށި އެހުމުގެ މުބާރާތެއް ބާއްވާފައިވެއެވެ. ކާށި އެހުމުގެ މުބާރާތުގައި ބޭނުންކުރި ކާށިތަކުގެ ބޮނބި ހިކިކަމުން މުބާރާތް ވަނީ ފަސްކޮށްފައެވެ. ރޯނުވެށުމުގެ މުބާރާތުގައި ބައިވެރިވި 5 މީހުންގެ ތެރެއިން 1 ވަނައަށް ހާސިލުކުރީ މަނަދޫ ހޭޅި ޒުލެއިޚާ މޫސާއެވެ. އަދި ދެވަނައަށް ގޮސްފައިވަނީ މަނދޫ ސަންޑްރީމް ސާރާ ޔޫސުފްއެވެ

No comments: