Friday, March 21, 2008

ތާޒާ ޚަބަރު: މަނަދޫ ސޯސަންމަގު ފޫދުއްވާލުމުގެ އުފަލުގައި ޖާފަތެއް އަރުވައިފި




ފޮޓޯތައް ބޮޑުކޮށް ބެއްލެވުމަށް ފޮޓޯއަށް ކްލިކް ކޮށްލައްވާ

މަނަދޫ ސޯސަން މަގު ހުޅަނގުކޮޅުން ފޫދުއްވާލުމުގެ އުފަލުގައި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަށް މަނަދޫ ހުޅަނގު އަވަށު ޖިންސުއްލަތީފުން ޖާފަތެއް އަރުވައިފިއެވެ. މިއަދު ހަވީރު 4:00 ގައި ބާއްވަން ހަމަޖައްސަވާފައި އޮތް މިރަސްމިއްޔާތު ވާރޭ ވެހުމުގެ ސަބަބުން ނުފެށި ވަގުތުކޮޅެއް ދިޔަކަން ފާގަހަކުރެވެއެވެ. ބޮނޑިބަތާއި ކުޅިމަހުގެ މިޖާފަތް އެރުވުމުގެ ރަސްމިއްޔާތު އޮތީ މަސައްކަތް ހިނގަމުންދާ ސައިޓުގައެވެ. މިޖަފާތުގައި ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލު އާއި ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ ބޭފުޅުންނާއި، މަނަދޫގެ ވަރަށް ގިނަ ރައްޔިތުން ބައިވެވަޑައިގަތް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ސޯސަންމަގު ހުޅަނގުކޮޅުން ފޫދުއްވާލުމުން އެމަގުގައި ގާތްގަނޑަކަށް މޭލެއް ހުންނާނެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން ވިދާޅުވެއެވެ. މިއީ މަނަދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ލުއިފަސޭހައެއްކަމަށް އެވަގުތު ބޮނޑިބަތަށް އިންސާފު ކުރައްވަން ހުންނެވި މަނަދޫގެ ރައްޔިތަކު ހާމަކުރެއްވިއެވެ

1 comment:

Anonymous said...

miee ekuverikamaa ehbaivantha kan dhakkuvaadhey reethi misaalekeve. mifadha habaru thah Manadhoolive in genes dheythee fahfashun shukuriyaa eve. -Hum aap ke hai koan-