Monday, March 24, 2008

ފަން ވިއްކުމުގެ ވިޔަފާރި ރެއާއި މިއަދުވެސް މަނަދޫގައި ކުރިއަށް ދިޔަ



ފަންގެ ވިނުމުގެ ވިޔާފަރިއަކީ މަނަދޫގެ ހީވާގި އަންހެންވެރިން އާންމުކޮށް ކުރަމުން އަންނަ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ. އެގޮތުން ރެއާއި މިއަދު މަނަދޫގައި ފަނުގެ ވިޔަފާރި ކުރަމުން އެބަދެއެވެ. ރިޒޯޓްތައް ހަދަމުންދާ ފަރާތްތަކުން ދޯނިފަހަރުގައި މަނަދޫއަށް އައިސް ފަންބޮނޑި ތައް ގަނެގެން ދަނީ ހިތްހަމަ ޖެހުމާއި އުފަލުން ތިބެގެންނެވެ. ފަންގަތުމުގައި މަނަދޫގައި ޙަރަކާތްތެރިވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި މަނަދޫގައި ވިޔާ ފަންބޮނޑިތަކުގެ ކޮލިޓީ އެހެން ރަށްތަކަށްވުރެ ރަނގަޅު ކަން ފާހަގަކުރެއްވޭ ކަމަށެވެ. ފަނުގެ ވިޔަފާރިއަކީ ރަނގަޅު އާންމުދަނީ އެއް ލިބޭ މަސައްކަތެއް ކަމަށްވެފައި މިއީ ގޭގައި ތިބެގެންވެސް ކޮށްލެވިދާނެ ހައްޓަށް ލުއި މަސައްކަތެކެވެ. ފަންބޮޑިއެއް މިހާރު ގަންނަ އަގަކީ 39 ރުފިޔާ ކަމަށް އެ މަސައްކަތް ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. ފަން ވިއްކުމަށްޓަކައި މަނަދޫ ބަނދަރު ސަރަޙައްދަށް ފަންބޮނޑި ތައް ނެރެފައި ހުންނަ މަންޒަރަކީ ވަރަށް ހިތްގައިމު މަންޒަރެކެވެ


No comments: