
މަނަދޫގެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން ހިލޭ އެހީގެ ގޮތުގައި މަނަދޫ ރައްޔިތުންނަށް ދެއްވާފައިވާ 200 ކިލޯވޮޓްގެ ޖަނަރޭޓަރ ކަސްޓަމްސްއިން ނެރުމުގެ މަސައްކަތް ކުރިއަށް ގެންދަވަން ފަށައިފިއެވެ. 200 ކިލޯވޮޓްގެ މިޖަނަރޭޓަރ މަނަދޫއަށް ގެންދިއުމާއި ޙަވާލުވެގެން އުޅެނީ މަނަދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްކަމަށްވާ މާކްކޮމްޕެނީގެ ފަރާތުންނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މާކްކޮމްޕެނީގެ މުދާއުފުލާ ދޯންޏެއްގައި ޖަނަރޭޓަރ މަނަދޫއަށް ގެންގޮސް ދެނީ ހިލޭ ސާބަހަށެވެ. އެހެންނަމަވެސް ޖަނަރޭޓަރ ރާއްޖެ އެތެރެކުރެއްވި ފަރާތުން ޖަނޭޓަރ އިންޝުއަރެންސް ކުރަން ބޭނުންވާތީ އަދި ވަނީ މަސައްކަތް ފަށައިގަނެވޭ ވަރުނުވެފައެވެ. ޖަނެރޭޓަރގެ އިންޝުއަރެންސަށް ގާތްގަނޑަކަށް 1700 ރުފިޔާ އަރާނެކަމަށް ޖަނަރޭޓަރގެ މަސައްކަތްތުގައި އުޅުއްވާ ފަރާތްތަކުން ވިދާޅުވެއެވެ. ރާވާފައިވާ ގޮތައް ކަންތައްތައް ދަނީނަމަ މާދަމާގެ ވަގުތެއްގައި ކަސްޓަމްސްއިން މިޖަނަރޭޓަރ ނެރެވޭވަރުވާނެ ކަމަށް އެފަރާތުން ވިދާޅުވެއެވެ. މަނަދޫގެ ކަރަންޓް ގެ ފެންވަރު ރަނގަޅުކުރެއްވުމުގެ ގޮތުން އޭޑީބީ އެހީގެ ދަށުން މަނަދޫގައި ކަރަންޓް ވިއުގަ ގާއިމުކުރުމަށް ބިޑުކޮށް ކޮންޓްރެކްޓަރާއެކު މިހާރުވަނީ އެގްރިމެންޓް ކުރެވިފައެވެ
No comments:
Post a Comment