Thursday, March 13, 2008

ނ. އަތޮޅު ވެރިޔާ މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި


10:30 ފަހުގެ އަޕްޑޭޓް
ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލް މަނަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފިއެވެ. ނ. އަތޮޅު މަދަރުސާގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ނ. އަތޮޅުވެރިން މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ، މަނަދޫ ސޯސަންމަގު ހުޅަނގު ކޮޅުން ފޫދުއްވާލާއި މަގު އެއްވަރު ކުރުމުގެ މަސައްކަތާބެހޭ ގޮތުންނެވެ. މަގު އެއްވަރު ކުރުމުގެ މަސައްކަތުގައި ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ މެދަފުށީގައި ބޭނުންކުރާ ވެހިކަލެއް ގެނެސްގެން އެމަސައްކަތްކުރުމަށް ޚިޔާލު ކުރެވިފައިވާތީ އެކަމަށްދާނެ ކަމަށް ލަފާކުރެވޭ ޚަރަދު ސަރުކާރުން ދެއްވަން ހަމަޖެއްސެވިކަން މި ބައްދަލުވުމުގައި މަނަދޫ ރައްޔިތުންނަށް އެންގެވިއެވެ. އަދި އެމަގު ހެދުމުގެ މަސައްކަތް މަނަދޫ ރައްޔިތުންގެ ގޮތުން ކުރަމުންދާގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މަނަދޫގެ ވެރިންނާއި މަނަދޫ ރައްޔިތުން ބައިވެރިވިއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މި މަސައްކަތަށް ގާތްގަޑަކަށް 14000 ރުފިޔާ ޚަރަދުވާނެއެވެ

4 comments:

Anonymous said...

Maruhabaa aaa Atholhuveriyaa Abdhulla Khaleel, Noonu atholhakee atholhuverin harunulaa atholheheh,kan hadhaankuraathi.mikamuga sababuthakehves vey........
Aaakolhugai thigothah rayithun hadhaigen sarukaaru promote kuraakamugai vaneenama fahukhugaves thikan thigothah gendhaathi.. thafaathu eheethah Atholhah hoadhadhee, atholhu kuriaruveytho masakaiy kurehvumah ilthimaskuran...
Egothakahves Faruhathu ulhunuhen, maa IT vegen atholhu bajetu dhiruvaanulaathi..
-MANADHOO HORSE-

Anonymous said...

Atholhu veriyaa Abdulla Khaleel manadhoo rayyithun nah sarukaarun mi hoadhavai dhevvi dheelathi ehee fulhah takai Shukuru dhannavan. Manadhoo akee atholhu verin hunnavaa atholhu verikan kuraa rashah veemaa mihaarah vureves bodah zuvaanun naai rashuge rayyithun naa gulhi vadaigen Khiyaalaai mash varaa kurah vaigen Manadhooge musthagu balaamedhu atholhu veringe lafayaa irushaadhaai ehee dhevaane kamah ummeedhu kuran. - Dhunmaari

Anonymous said...

Atholhu verin nah hippuveynee valuga. rayyithun baaru liyyaa baaru leveynee

Anonymous said...

NOONU ATHOLHU VERIN MI BLOG BALLABAA. KONMEVES KUJJAKU ATHOLHU VERIN NAH MI BLOG ADDRESS DHEYN FENE EVE.ATHOLHU OFEEHUGA ULHEY KUJJEKEY MIKAN KOH BALA.