
ފޮޓޯއަށް ކްލިކް ކޮށްލުމުން ފޮޓޯތައް ބޮޑެތިކޮށް ފެންނާނެ
6:15
ހޮޅުދޫން ވަގުތުން ގެނެސްދެމުން ދިޔަ ދިވެހިލީގު ނ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ ލައިވް ކަވަރޭޖް މިހިސާބުން މި ނިންމާލަނީ މި މެޗް ކަވަރ ކުރުމުގައި އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަމުންނެވެ
6:00
6މުބާރާތުގެ ނަތީޖާ ފާޅުކޮށް ޗެމްޕިއަން ޓީމަށް ތައްޓާއި ވަނަ ތަކަށް ހޮވުނު ފަރާތްތަކަށް ޝަރަފުވެރި މެހުމާން ނ. އަތޮޅުވެރިޔާ އިނާމު ހަވާލުކޮށް ދެއްވައިފި. މި މުބާރާތުގައި އެންމެގިނަ ލަނޑު ޖަހައިގެން ހައިސްކޯރަރ ގެ މަގާމު ލިބުނީ ލަންދޫ ޒުވާނުންގެ ޖަމުއިއްޔާގެ ޓީމަށް ކުޅުނު މަނަދޫ މާރިނދަ އިބްރާހިމް ނައުފަލް ( އަންކާ ) .އޭނާ 4 ލަނޑު ޖަހާފައިވޭ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ މަގޫދޫ. ފައިނަލް މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މިލަދޫ ޓީމްގެ ޖޯޒީ ނަންބަރު 5 . މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ހޮޅުދޫ ބަފާ ޓީމުގެ މޫސާ އިބްރާހިމް
5:53
މެޗް ނިމިއްޖެ. ނ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިލަދޫ ސްޕޯޓްސް ކުލަބު. މިލަދޫ ޗެމްޕިއަންކަން ހޯދީ ފުރަތަމަ ހާފުގައި ޖެހި ލަނޑަކުން. މި މެޗްގެ ޑޮމިނޭޓްކުރީ މިލަދޫ ޓީމުން. ފަހު ހާފުގައި ލަނޑެއް ޖަހާލެވޭ ކަހަލަ ތިން ފުރުސަތު ލަންދޫއަށް ލިބި ބޭކާރުވެގެންދިޔަ
5:50
މެޗްގެ ފަހުހާފުގެ ކުޅުމުގެ ވަގުތު ހަމަވެއްޖެ. މިހާރު ކުޅެވެމުންދަނީ އިތުރު ވަގުތުގެ ކުޅުން. އަދިވެސް 1-0 ން ލީޑްގައި އޮތީ މިލަދޫ ސްޕޯޓްސް ކުލަބު
5:30
ލަންދޫ ވަރަށް ރަނގަޅު ތިން ހަމަލާ މިލަދޫ ގޯލަށް ފޮނުވާލައިފި. ދެ ހަމަލާ އަމާޒުވީ ގޯލު ދަނޑިއާ. އަނެއް ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށް. މީގެ ތެރޭގައި އަންކާ ފޮނުވާލި ހަމަލާ ގޯލަށް ނުވަނީ ހަމަ ކިރިޔާ. ދެންނެވޭނީ ހަމަ ނަސީބު ކުޑަކޮށްވެސް އެހީވިނަމަ އެއީ ގޯލެއް ކަމުގަ
5:20
މަނަދޫ ކުޅުންތެރިއަކު އަރަނީ. މިފަހަރު އަހަރީ އާދަމް ފަހީމް ( ގޮއިއްޓޭ ) ގޮއިއްޓޭ އެރުމުން މިހާރު ދަނޑުމަތީގައި މަނަދޫ ތިން ކުޅުންތެރިން އެބަތިބި. އެއީ ގޮއިއްޓޭ، އަންކާ އަދި އަޔާ
5:10
ދެވަނަ ހާފުގެ ކުޅުން ފެށިއްޖެ . މިހާރު ލަންދޫ ޓީމު މިއޮތީ ދަނޑުގެ ދެކުނު ފަރާތުގަ. މިލަދޫ ޓީމު ދަނޑުގެ އުތުރު ފަރާތުގަ
4:56
ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމުނުއިރު މޮޅަށް ކުޅެ ލަނޑު ޖަހާފައިވަނީ މިލަދޫ ސްޕޯޓްސް ކުލަބް. ފުރަތަމަ ހާފު ނިމިގެން މިދިޔައީ 1- 0 ން މިލަދޫ މޮޅުވެގެން
4:40
މިލަދޫ ލަނޑެއް ޖަހައިފި. ލަނޑު ޖެހީ ޖޯޒީ ނަންބަރު 8 . މިހާރު ސްކޯ އަކީ މިލަދޫ 1 ލަނދޫ 0
4:30
ފުރަތަމަ 20 މިނިޓްގެ ތެރޭގައި ރަނގަޅަށް ކުޅެމުންގޮސްފައިވަނީ މިލަދޫ ޓީމުން. ދެޓީމުންވެސް މާރީތި ކުޅުމެއް ކުޅޭކަށް ނޫޅެ. ބޯޅަ ދެކޮޅުންވެސް ޖަހަނީ. ދެޓީމުވެސް ފެންނަނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި އުޅޭތީ
4:15
މިލަދޫ ޓީމުން އަންކާ އަށް ގަސްތުގައި ކުރި ފައުލަކާ ގުޅިގެން އިންޖަރީވެއްޖެ. މިހާރު ދަނޑު ބޭރުގައި ފަރުވާ ދެމުންދަނީ. ސީރިއަސް އިންޖަރީއެއް ކަމަކަށް ނުފެނޭ 4:10
މެޗް ފެށިއްޖެ. ދަނޑުގެ ދެކުނު ކޮޅުގައި އޮތީ މިލަދޫ. އުތުރުކޮޅުގައި އޮތީ ލަންދޫ. މި މެޗްގައި ލަންދޫ ޓީމުގެ ފުރަތަމަ 11 ގެ ތެރޭގައި މަނަދޫ 2 ކުޅުންތެރިން ކުޅެމުން އެބަދޭ އެއީ 11 ނަންބަރު އިބްރާހިމް ނައުފަލް ( އަންކާ ) އާއި 5 ނަންބަރު ޢަބްދުﷲ އިޔާސް ( އިޔާ ) .
4:00
މެޗް ފެށުމަށް ހަމަޖެހިފައިވަނީ 4:10 ގައި. އެހެން ނަމަވެސް މިހާރު ކަންތައްތައް ދާގޮތުން ހީވަނީ މެޗް ފެށޭވަރުވާނީ 4:15 ގައިހެން. ދަނޑު ބޭރުގައި ސަޕޯޓަރުންނަށް ކުޅިބެލުމަށް ވަނީ ބަހާލާފައި. އެގޮތުން މަނަދޫ ސަޕޯޓަރުން މިތިބީ ދަނޑުގެ ދެކުނު ފަރާތުގައި. އެއީ އެހެނިހެން ސަޕޯޓަރުންގެ އޭރިޔާ. މިލަދޫ ޓީމުގެ ޖޯޒީގެ ކުލައަކީ ރީންދޫކުލަ. ލަންދޫ މީހުން ތިބީ ނޫކުލައިގެ ޖޯޒީގަ
3:50
ކުޅޭ ދެޓީމް ދަނޑަށް ހާޒިރުވެއްޖެ. ކުޅިބަލާމިހުންވެސް ދަނޑު ކައިރިއަށް ތޮއްޖެހެމުން އެބަދޭ. މިއަދުގެ މެޗްގެ ރެފްރީއަކީ ޙަސަން ނާޝިދު. ޝަރަފުވެރި މެޙްމާނަކީ ނ. އަތޮޅުވެރިޔާ ޢަބްދުﷲ ޚަލީލް
3:40
މި މެޗް ބެލުމަށްޓަކައި ލަންދޫ އާއި މިލަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ހޮޅުދޫއަށް އައިސްފާވޭ. އަދި މަނަދޫ ، ވެލިދޫ، މާފަރު،މަގޫދޫ އަދި ފޮއްދޫންވެސް ކުޅިބަލަން ގިނަ އަދަދެއްގެ މީހުން އައިސް އެބައުޅޭ . އަސުރު ނަމާދު ވަގުތުވެއްޖެ
3:35
މަނަދޫން ހޮޅުދުއަށް ދަތުރުކުރި ގިގުނި ދޯނި ހޮޅުދޫއަށް ލަފައިފި
3:30
މިވަގުތު 9 ފަރާތަކުން މި ބްލޮގުން ލައިވް އަޕްޑޭޓް ވިދާޅުވަމުން އެބަގެންދަވާ
3:25
މަނަދޫގައި މިއަދު އެމްއެލް އިން މިއަދުގެ މެޗާ ބެހޭގޮތުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި މިއަދުގެ މެޗުން މޮޅުވާނީ ލަންދޫ ޒުވާނުންގެ ޖަމުޢިއްޔާ ކަމަށް ގިނަ ބަޔަކު ބުނޭ. މަނަދޫ ސަޕޯޓަރުންގެ 99 ޕަސެންޓް މީހުން ސަޕޯޓް ކުރަނީވެސް ލަންދޫ ޓީމަށް
3:00
މިއަދަކީ މޫސުން ރީތި ދުވަހެއް. މިހާރު މަނަދޫން މިއަދުގެ މެޗް ބެލުމަށްޓަކައި ހޮޅުދުއަށް އަންނަ މީހުން ދަތުރުކުރަމުން އެބަދޭ
މަނަދޫން ސަޕޯޓަރުން ދަތުރުކުރަނީ ގިގުނި ދޯނީގައި. އެދޯނިން 55 މީހުން ހޮޅުދުއަށް މެޗް ބަލަށް އެބަދޭ

މަނަދޫން ހޮޅުދުއަށް ދަތުރުކުރަމުންދާ ސަޕޯޓަރުން ދޯނިތެރޭގައި އަދި ރަށުން ފުރުމުގެ ކުޑަ އިރުކޮޅެއް ކުރިން
2:45
ނ. ހޮޅުދޫގައި މިއަދު ކުޅެވޭ ނ. އަތޮޅުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ ކަންތައްތައް ހިނގާގޮތް ވަގުތުން ގެނެސްދެމުން މިގެންދަނީ ހޮޅުދޫ ފުޓްބޯޅަ ދަނޑުގެ ސަރަހައްދުންނެވެ. މިއަދުގެ މިކުޅެވޭ ފައިނަލް މެޗްގައި ބައްދަލުކުރަނީ ލަންދޫ ޒުވާނުންގެ ޖަމުޢިއްޔާ އާއި މިލަދޫ ސްޕޯޓްސް ކުލަބެވެ. މި ދެޓީމުގެ ތެރެއިން ލަންދޫ ޓީމުގައި މަނަދޫގެ 5 ކުޅުންތެރިއަކު ކުޅެއެވެ. އެއީ އިބުރާހިމް ނައުފަލް ( އަންކާ)، އަބުދުﷲ އިޔާސް، އަބުދުލް ހަލީމް، އަހުމަދު ނަސީމް އަދި އާދަމް ފަހީމް ( ގޮއިއްޓޭ) އެވެ.އިބުރާހިމް ނައުފަލް ( އަންކާ)، އަބުދުﷲ އިޔާސް، އަބުދުލް ހަލީމް، އަހުމަދު ނަސީމް އަދި އާދަމް ފަހީމް ( ގޮއިއްޓޭ) އެވެ. މެޗްގެ ކަންތައްތައް ހިނގާގޮތް އަޅުގަނޑުމެން ފޮޓޯއާއެކު ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ.
No comments:
Post a Comment