Sunday, March 9, 2008

އަންހެނުންގެ ދުވަހުގެ ކުޅިވަރު މުބާރާތްތަކުގެ ބައެއް ވަނަތައް

ފަންގިވިނުމުގެ މުބާރާތް: މަނަދޫގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ފަންގިވިނުމުގެ މުބާރާތުން ސާރާ ޔޫސުފް އެއްވަނަ ހޯދައިފިއެވެ. ދެވަނަ ހޯދީ ހަސީނާ ޢަބްދުލްޤައްޔޫމެވެ. ތިންވަނަ ހޯދީ މުރުޝިދާ ޢަބްދުލްޖަލީލެވެ

ބަށިމުބާރާތް: އަންހެނުންގެ ދުވަހާ ގުޅިގެން ބޭއްވި ބަށި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަބޭނޭސް ސްޕޯޓްސް އެވެ. ޓީމް ކަށިހިތްވަރާ ބައްދަލުކޮށް ބަވޭނޭސް ސްޕޯޓްސް މޮޅުވިއިރު ކްއީން އޮފް ދަ ޓޯނަމެންޓަކަށް ހޮވުނީ ވަބޭނޭސްގެ މަރިޔަމް ނަޝީދާ އެވެ. އެންމެ މޮޅު ހިފުންތެރިޔަކަށް ހޮވުނީ އައިޝަތު އަބޫބަކުރެވެ. އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިއަކަށް ހޮވުނީ މަރިޔަން ނަޝީދާއެވެ

No comments: