Saturday, March 1, 2008

ޤައުމީ ދުވަހު ހަރަކާތްތައް ވަރަށް އަވަހަށް އިޢުލާން ކުރާނަން- މަރިޔަމް ސައީދާ

މަނަދޫގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމުގައި ޤައުމީ ދުވަހުގެ ޓާސްކްފޯސް ކޮމެޓީގެ ވައިސް ޗެއަރޕާސަން އަލްފާޟިލާ މަރިޔަމް ސައީދާ ހާމަކުރައްވައިފިއެވެ. އެމްއެލް އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިޔު އެއްގައި މަރީ ބުނުއްވީ އެދުވާ ގުޅިގެން ރޯނު ވެށުމުގެ މުބާރާތަކާއި ފަންގި ވިނުމުގެ މުބާރާތެއް ބޭއްވުމުގެ އިތުރުން ކުޅިވަރާއި އަދި ރައްޔިތުންގެ ޖާފަތެއް ބާއްވާގޮތަށް ރޭވިފައިވާ ކަމަށެވެ. މަރިޔަމް ސަޢީދާއަކީ މަނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބުރައީސާވެސް މެއެވެ. ގައުމީ ދުވަހުގެ ޓާސްކްފޯސް ކޮމެޓީގެ ޗެއާރޕާސަނަލީ މަނަދޫ ކުޑަކަތީބު އަލްފާޟިލް ޢައްބާސް ނޫޙެވެ. ހިންގާ ސެކްރެޓަރީއަކީ މަނަދޫ މާވިނަ އަލްފާޟިލް ސަލީމެވެ.

No comments: