Friday, March 21, 2008

މަގޭ ރިޕޯޓް: މަނަދޫގައިވެސް އާސާރީ ތަންތަން އެބަހުރި އެތަންތަން ހިމާޔަތް ކުރާކަށް ނުވޭބާ؟

ލިޔުނީ: ސަމް

އަބަދުވެސް މިއިވެނީ ކޮންމެވެސް ރަށެއްގެ އެވެނި އާސާރެއް ނޫނީ މިވެނި ގަދީމީ ތަނެއް ހިމާޔަތް ކުރަމުންދާ ވާހަކައެވެ. އަހަރެންގެ ސުވާލަކީ މަނަދޫގައި އެފަދަ ތަނެއް ނެތީތޯއެވެ. ނުވަތަ އާސާރޭ މިކިޔާ ވައްތަރުގެ ހިމާޔަތް ކުރަން ހަމަ ޖެހޭ ތަނެއް މަނަދޫގައި ޙަޤީޤަތުގައިވެސް ނެތީތޯއެވެ؟ ނޫނެކެވެ. މަނަދޫގައިވެސް އެކަހަލަ އާސާރު ބައިވަރު ނެތެއް ކަމަކު، މަނަދޫ މާމިސްކިތާއި އެހިސާބުގައިވާ ސަރަޙައްދަކީ ހަމަގައިމުވެސް އާސާރީ ތަންތަނެވެ. ކޮންމެވެސް ބަޔަކު ހިމާޔަތްދޭން ޖެހިފައިވާ ސަރަހައްދެކެވެ. އެހެންނަމަވެސް އަޅާލުމެއް ނުދެވުމުން އެތަން އަހަރެމެންގެ ލޯތަކަށް ގެއްލުމާއިވަނީ ކައިރިވެފައެވެ

އަހަރެން ހަނދާންވާ ގޮތުން މީގެ އަހަރުތަކެއް ކުރިން ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ވަފުދެއް އެތަނަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އެތަން ހިމާޔަތްކޮށް ބެލެހެއްޓޭނެ ގޮތެއް އޮތްތޯ އެ ވަދުން ބަލާ ދިރާސާތަކެއް ކުރިއެވެ. އެހެންނަމަވެސް އަދިއަދަށް ދާންދެންވެސް އެތަން އޮތީ ހަމަ އެއޮތް ގޮތަށެވެ. ނޫނެކެވެ. އެއަށްވުރެ ހާލުބޮޑުކޮށެވެ. ފެންނަ ލޮލެއް ނެތެވެ. މިއީ ވެގެންވާނެ ގޮތެއްނޫނެވެ. ދިރާސާ ރިޕޯޓް އޮތް ތަނެއްގައި އޮތީއެވެ. އެކަން ހަނދާން ހުރި މީހަކު ނެތްފަދައެވެ. ހަމައެގޮތަށް ބޮއިވަޅު ވެސް އެވަނީ އަބަދުގެ އަބަދަށް އަހަރެމެންނާ އަލްވަދާޢު ކިޔާފައެވެ. އަތޮޅު އޮފީސް އެތެރޭގެ އިރުން އޮތް ބިމުގައި ބޮއިވަޅު ވަޅުލެވުނުގޮތަށް އެހުރީއެވެ. އަހަރެމެން ކާފަމާމަމެން ބުނާގޮތުގައި ބޮއި ވަޅަށް ފަސްއެޅީ އަވަޅަށް އެއްވެސް ގެއްލުމެއް ނުދީއެވެ. އެހެންވިއްޔާ އަދިވެސް އެވަޅު އެހުރިގޮތަށް ހުންނާނެ ކަމަށް ބެލެވެއެވެ

ބޮއިވަޅު ފަދައިން ނެތި އުވެގެންދާ މަނަދޫ މާމިސްކިތަށް ކޮންމެވެސް ބަޔަކު އަޅާލަން ވެއްޖެއެވެ. އެހެންނޫނީ އެހެން އާސާރީ ތަންތަން ގޮތަށް އެތަންވެސް ނެތި ދިއުމުގެ ބިރާއި ކުރިމަތި ލާން ޖެހިދާނެއެވެ. މިއީ ވިސްނާލަން ވެއްޖެކަމެކެވެ. އަހަރެމެން މަނަދޫ ރައްޔިތުން ނުވިސްނާ ދެން ވިސްނަން ތިބީ ކޮންބައެއް ހެއްޔެވެ؟ މިއީ އަހަރެންގެ ހިތުގައި އެނބުރެމުންދާ ވަރަށް އަސަރު ކުރުވަނިވި ސުވާލެކެވެ. މިސުވާލަށް ޖަވާބެއް ދެއްވެން އޮތް ބޭފުޅަކު އެބަހުރި ބާވައެވެ؟

2 comments:

Anonymous said...

aasaary thanthanah iskan nudheyakey nubuneveyne,, 'NADHUWA' wakyves aassaary thaneh,, nikan dhekibala modify vefa hurivaru... SOALINBe

Anonymous said...

Sum, Sum aai ehvarah mageyves thikamaa hithaama mikuranee. Sum thiya bunaa repoteh ethaa oitho balaa laanan ingey. dhera nuvey. mageyves evarakah dheraeh nuvey mihaaruves mi inee buger eh kaan.