ފޮޓޯއަށް ކްލިކް ކޮށްލުމުން ފޮޓޯތައް ބޮޑުކޮށް ފެންނާނެ
މިއަހަރުގެ އަންހެނުންގެ ދުވަސް ރަށުފެންވަރުގައި ވަރަށް ކުލަގަދަކޮށް މަނަދޫގައި ފާހަގަކުރަމުން އެބަދެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މަނަދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅެވެމުންދާ ނެޓްބޯޅަ މުބާރާތެވެ. މިއަދު ހެނދުނު 6:30 ގައި ފެށުނު ނެޓްބޯޅަ މުބާރާތުގައި 3 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއި ފެމެލީ ސެންޓަރުގެ ޓީމަކާއި ޓީމް ވަބޭނެސް އެވެ. ވަބޭނެސް އަކީ އިރުމަތީ އަވަށު ޖިންސުންލަތީފުންގެ ޓީމެކެވެ. ފުރަތަމަ މެޗްގައި ވަބޭނެސް އާއި ހޮސްޕިޓަލް ބައްދަލުކޮށް މޮޅުވީ ވަބޭނެސް އެވެ. މި މެޗްގެ ކްއީން އޮފް ދަ މެޗަކަށް ހޮވުނީ މަނަދޫ ސަބްނަމުގޭ އައިމިނަތު ޙަސަނެވެ. ދެވަނަ މެޗްގައި ވަބޭނެސް އާއި ފެމެލީ ސެންޓަރު ބައްދަލުކޮށް މޮޅުވީ ފެމެލީ ސެންޓަރެވެ. މި މެޗްގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މަނަދޫ ފާލަންދޮށުގޭ އުމާޝާއެވެ. މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނެ ދެޓީމެއް އެގޭނީ މިއަދު ހަވީރު ކުޅެވޭ ހޮސްޕިޓަލާއި ފެމެލީ ސެންޓަރުގެ މެޗްގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. މި މުބާރާތް ކުޅެވެމުންދަނީ ނ. އަތޮޅު މަދަރުސާގެ ދަނޑުގައެވެ
No comments:
Post a Comment