Friday, March 14, 2008

ޖަޒީރާ ޑެއިލީގައި މަނަދޫ ލައިވްގެ ފޮޓޯއެއް ޖަހައިފި


ފޮޓޯ ބޮޑުކޮށް ބެއްލެވުމަށް ކްލިކް ކޮށްލައްވާ
ރާއްޖޭގެ ޕްރިންޓް މީޑިއާގައި މަޝްހޫރު ޖަޒީރާ ދުވަހުނޫހުގައި މަނަދޫ ލައިވްގެ ފޮޓޯއެއް ޖަހައިފިއެވެ. ހެނބަދޫގައި ވަޅިއަކުން ހަމަލާދީ އަންހެން ކުއްޖަކު މަރާލި ޚަބަރު ޖަޒީރާގައި ޖަހާފައިވަނީ މަނަދޫ ލައިވް އިން ޕަބްލިޝްކުރި ވަޅިން ހަމަލާދިން ހެނބަދޫ ހީނާމާގެ އަހުމަދު ޢަބްދުއްސައްތާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނަގާފައިވާ ފޮޓޯއާއެކުގައެވެ. ޖަޒީރާ ދުވަހުނޫހުގައި އެފޮޓޯގެ ކެޕްޝަންގައި އެފޮޓޯއަކީ މަނަދޫ ލައިވްގެ ފޮޓޯއެއް ކަމަށް ލިޔުއްވާފައިވެއެވެ. މިއީ މަނަދޫ ލައިވްއަށް ލިބެމުންދާ ތަރުހީބާއި މަނަދޫ ލައިވް މަޤްބޫލުވަމުން އަންނަ މިންވަރު ދޭހަކޮށްދޭ ކަމެކެވެ


No comments: