މިހާރު ނ. އަތޮޅުގައި ކުރިއަށްދާ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މިލަދޫ ސްޕޯޓްސް ކުލަބު ހިގައްޖެއެވެ. މިލަދޫ ފައިނަލަށް ދިޔައީ ހޮޅުދޫ މޭނާސްކޫލް އިސްދަރިވަރުންގެ ޖަމުއިއްޔާ 1-3 ން ބަލިކޮށްފައެވެ. މިލަދޫ އާއި ފައިނަލްގައި ބައްދަލު ކުރާނީ މަނަދޫ 5 ކުޅުންތެރިއަކު ކުޅެމުން އަންނަ ލަންދޫ ޒުވާނުންގެ ޖަމުޢިއްޔާއެވެ. ހޮޅުދޫގައި ކުރިއަށްދާ މި ފުޓްބޯޅަ މުބާރާތުގެ ސެމީގައި ކުޅުނު ހޮޅުދޫ ދެޓީމުވެސް އަމިއްލަ ރަށުގައި މިވަނީ ބަލިވެފައެވެ. ލަންދޫ އާއި މިލަދޫ ކުޅޭ ފައިނަލް މެޗް ކުޅެވޭނީ މާދަމާ ( 6 މާޗް 2008 ) ގައެވެ. މެޗް ހިނގަމުންދާގޮތް ވަގުތުން އެމްއެލް އިން ވެބްކާސްޓް ކުރުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ. މިކަން ކުރަން އެމްއެލް އިން ނިންމީ ލަންދޫ ޓީމުގައި މަނަދޫ ގިނަ ކުޅުންތެރިންތަކެއް ކީޕްލޭއަރުންގެ ގޮތުގައި ކުޅެމުންދާތީއެވެ.
Subscribe to:
Post Comments (Atom)
No comments:
Post a Comment