Sunday, March 2, 2008

ކިޔުންތެރިންގެ ސަމާލުކަމަށް

އަޅުގަނޑުމެން މިބުލޮގަށް ކިޔުންތެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑުކަމުން ޝުކުރު ދަންނަވަމެވެ. ކިޔުންތެރިން އެދޭގޮތަށް ބުލޮގް ބަދަލުކުރުމަށް ކިޔުންތެރިންގެ ކޮމެންޓްސް ބޭނުންވެއެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އީމޭލްކުރި ގިނަ މީހުން ބުނެފައިވަނީ ސައިޓްގައި ހުންނަ ދިވެހި ލިޔުންތައް ކިޔަން އުނދަގޫ ވާހަކައެވެ. ތިރީގައި މިދަންނަވަނީ މިކަމަށް ވަގުތީ ހައްލެއް ގެނެވޭނެ ގޮތެކެވެ
އެކެއް- މި ބުލޮގު ފަސޭހަކޮށް ވިދާޅުވެވުމަށް ބްރައުޒަރ އަކަށް ފަޔަރފޮކްސް ޚިޔާރުކުރައްވާ
ދޭއް- ޓޫލްސް އަށް ދުރުވެ އޮޕްޝަންސް ނަންގަވާ
ތިނެއް- އޮޕްޝަންސް އިން ކޮންޓެންޓް ނަންގަވާ
ހަތަރެއް- ފޮންޓްސް އެންޑް ކަލަރ ގެ ގޮޅީގެ ތެރެއިން އެޑްވާންސް އަށް ވަޑައިގަންނަވާ
ފަހެއް- ސަންސެރިފް އިން ފަރުމާ ނުވަތަ އެމްވީ ފޮންޓެއް ޚިޔާރު ކުރައްވާ
ހައެއް- ފޮންޓު ސައިޒް 18 ނުވަތަ 16 އަށް ބަދަލުކުރައްވާ އޯކޭ ޖައްސަވާ
ދެން މިސައިޓް ފެންނަގޮތް ވަރަށް ތަފާތުވާނެ. ޓްރައި ކޮށްލައްވާ
އެޑިޓަރ +

No comments: