Tuesday, March 25, 2008

މަނަދޫ ރ.ކ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިއްޖެ



މަނަދޫ ރ.ކ ކޮމެޓީގެ ބައްދަލުވުމެއް 2008 މާރޗް 24 ވަނަ ދުވަހުގެރޭ މަނަދޫ އޮފީހުގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ސޯސަންމަގު އަލަށް ހަދާފައިވާ ބަޔާއި އެއްވަރަށް މީހުން އާބާދުވަމުން އަންނަ ސަރަޙައްދު ފުޅާކޮށް އެ ސަރަޙައްދުގައި ހުރި ރުއްގަސް ނެގުމަށް ގޮތެއް ނިންމެވުމުގެ މައްޗަށާއި ހުޅަނގުކޮޅު ކުޅިވަރުގޭގެ ހުޅަނގުން އޮތް 30 ފޫޓް ހުސްބިން ސޯސަންމަގާއި ގުޅުވާލުމުގެ ގޮތުން ގޮތްތަކެއް ނިންމެވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިފައިވެއެވެ. ރ.ކ ކޮމެޓީގެ އަގުލަބިއްޔަތުން މިއިން އެއްވެސް މަސައްކަތަކަށް ރައްޔިތުންގެ މާލިއްޔާތުން ޚަރަދު ނުކުރުމަށް މި ބައްދަލުވުމުން ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން މަނަދޫ ލައިވްއިން ކަތީބު ޙަސަން އިބްރާހީމްއާ ގުޅާލުމުން ސޯސަންމަގު މަސައްކަތް ހިނގާ ސަރަޙައްދުގައި ހުންނަވައި، ޙަސަން ވިދާޅުވީ ކޮމެޓީން އެގޮތަށް ނިންމެވުމުން އެކަމަށް އިޚްތިރާމް ކުރައްވާ ކަމަށާއި، ރައްޔިތުންގެ ފައިސާއިން އެމަސައްކަތްތަކަށް ޚަރަދު ނުކުރާނޭކަމަށެވެ. ސޯސަންމަގުގައި ނަގަންޖެހޭ 500 ރުއްގަސް އެސަރަޙައްދުގައި ހުރިކަމަށާއި ހައިމާކްގެ އެހީގައި ރުއްގަސްތައް ނެގުމުގެ މަސައްކަތް އޮފީހުގެ ފަރާތުން ކުރެވެމުންދާ ކަމަށެވެ. ކަތީބު ވިދާޅުވީ ސޯސަންމަގު ޕްރޮޖެކްޓަކީ ނ. އަތޮޅު އޮފީހާއި ނ. އަތޮޅުވެރިޔާގެ ދީލަތި އެހީއެއްގެ ދަށުން ދެއްވި 20000 ރުފިޔާގެ މަޝްރޫއެއް ކަމަށާއި، އެހެންނަމަވެސް މިހާރު 22000 ރުފިޔާ ޚަރަދު ވެއްޖެކަމަށެވެ. ކިރިޔާ ކޯރަމްހަމަވެގެން ބޭއްވުނު ރ.ކ ކޮމެޓީގެ މި ބައްދަލުވުމުގައި ރިޔާސަތުގެ އިތުރުން ރ.ކ ކޮމެޓީގެ 5 މެމްބަރުން ބައިވެރިވެލެއްވިއެވެ

No comments: