Sunday, March 9, 2008

މަގޭ ރިޕޯޓް: ނ. އަތޮޅު ޓީވީ ބިއުރޯގެ ބޭނުމެއް ނެތް

a_nus@gmail.com އަ.ނަ.ސް


ނ. އަތޮޅުގައި ހުންނަ ޓީވީއެމްގެ ބިއުރޯ ހުންނަނީ މިރަށުގައެވެ. މިއީ އަތޮޅުގައި ހިނގާ ކަންތައްތައް ގެނެސް ދިނުމަށް ސަރުކާރުން ބޮޑު ޚަރަދު ކުރައްވައިގެން މުވައްޒަފުން ލައްވާފައިވާ އިކްއިޕްމަންޓްވެސް ދެއްވާފައިވާ ތަނެކެވެ. އަޅުގަނޑުގެ ޝަކުވާއަކީ އެހެން އަތޮޅުތަކުގެ ބިއުރޯތަކުން އެއަތޮޅުގެ ޚަބަރުތައް ކަވަރުކުރާގޮތަށް މިއަތޮޅުގެ ޚަބަރުތައް ކަވަރު ނުކުރާތީއެވެ. ވެލިދޫގައި ގޭސް އުދުނުގެ ބަދަލުގައި ދާލި ޖަހައިގެން ކައްކާ ވާހަކައަށްވުރެ މުހިންމު އިޖްތިމާޢީ ކަންތައްތައް އަތޮޅުގައި އެބަހިގައެވެ


އަތޮޅު ފުޓްބޯޅަ މުބާރާތް ހޮޅުދޫގައި ފޯރީގައި ކުޅެ ނިމިގެންގޮސް އަތޮޅު ދެޓީމް ޒޯން މުބާރާތް ކުޅުނުއިރު އޭގެ އެއްވެސް މެޗެއްގެ ވީޑިއޯ ކޮޅެއްވެސް ނުދައްކައެވެ. އަންހެނުންގެ ދުވަސް މަނަދޫގައި ކުލަގަދަކޮށް ބޮޑެތި މުބާރާތްތަކެއް އިންތިޒާމުކޮށްގެން ފާހަގަކޮށްފިއެވެ. އެންމެ ކުޑަ މިނުން ޚަބަރެއްގައި ގޮވާވެސް ނުލައެވެ. އަތޮޅު ފެންވަރުގައި މަނަދޫގައި ގައުމީ ދުވަސް ފަހަގަކުރަނީއެވެ. ރައްޔިތުންގެ ގޮތުން މަސައްކަތްކޮށްފިއެވެ. ހިތާމައަކީ އެއިން ޚަބަރެއް ޓީވީއެމް ނ. އަތޮޅު ބިއުރޯއަށް މުހިންމު ޚަބަރަކަށް ނުވާތީއެވެ. އެހެން އަތޮޅުތަކުން އިންޓަރނެޓް މެދުވެރިކޮށް ޚަބަރާއިގުޅޭ ވީޑިއޯ ފޮނުވާއިރު ނ. އަތޮޅު ބިއުރޯއަކީ ބޭނުމެއްނެތް ތަނަކީތޯއެވެ
---------------------------------------------------
މަގޭރިޕޯޓްގައި ހިމެނޭ ލިޔުންތަކާއި ޚިޔާލުތަކަކީ އެ ލިޔުންތައް ފޮނުއްވާ ފަރާތްތަކުގެ ޚިޔާލެވެ. އެއީ އެމްއެލްގެ ޚިޔާލަށް ވާކަށް ކޮންމެހެން ނުޖެހެއެވެ. މަގޭ ރިޕޯޓަށް ލިބިފައިވާ ގިނަ ލިޔުންތައް ނުޖެހިގެން މިއުޅެނީ ބައެއް މީހުންގެ ޒާތީ ކަންތައްތަކަށް ފޯކަސް ކޮށްފައި ހުންނާތީއެވެ. އެނޫން ގޮތްގޮތަށް ހުންނަ ރިޕޯޓަށް މަރުޙަބާކިޔާނެ ވާހަކަ ދަންނަވަމެވެ. އެޑިޓަރ

3 comments:

Anonymous said...

beykaaru thaneh thee. ebunaahen Noonu Alhothuge habareh TVM akun nufonuvaa. Eid ves dhiyaee. Ehen Atholhu tahun haadha video akaa saamaanu fonuviye

Anonymous said...

Velidhoo meeheh veema Manadhoo aai Holhudhooge Habarutah Nufonuvanee kan neyge dho? Mee TVM ah husha halhan jehey massala eh -Axuvaru

Anonymous said...

aslu velidhoo meehunge target ey. emyhun beynunvany manadhoon ekan kuriah gendhiya nudhen. emyhunge reyvun varah molhu. mikamuga rashah heyo edhey meehaku viyya tvm ah gulhaigen viyas ehen meehaku ethanah nulaeh rangalheh nuvaane