Monday, March 24, 2008

މަނަދޫ ސޯސަންމަގު ފޫދުއްލުމުގެ އުފަލުގައި ފަރިއްކޮޅެއް އަރުވައިފި

މަނަދޫ ސޯސަންމަގު ފޫދުއްވާލުމުގެ އުފަލުގައި މަނަދޫ ހުޅަނގު އަވަށުން އިސްނައިގެން އެ މަސައްކަތް ކުރި އެންމެންނަށް ފަރިއްކޮޅެއް އިއްޔެ ވެދުންކޮށްފިއެވެ. ކުކުޅާއި ރޮއްޓާއި ސެލަޑް ހިމެނޭ ގޮތުން މި ފަރިއްކޮޅު އިންތިޒާމް ކުރެވިފައިވަނީ ސޯސަންމަގު ފޫދުއްވާލި ދިމައިގައެވެ. އަދި ފަރިއްކޮޅު ކުރިއަށް ދިޔަ ވަޤުތު ހުޅަނގު އަވަށު ޖިންސުއްލަތީފުންގެ މަރުޙަބާގެ ލަވައެއް ހުށަހަޅައި ދިނުން އޮތެވެ. މަޢުލޫމާތު ލިބިފައިވައިވާ ގޮތުގައި ހުޅަނގު އަވަށަށް ނިސްބަތްވާ ބައެއް ގޭގެއިންނާއި ހެޔޮއެދޭ ފަރާތްތަކުން މިފަރިއްކޮޅު ތައްޔާރު ކުރެއްވުމަށް ބާރަސަތޭކަ ރުފިޔާގެ ދީލަތި އެހީއެއް ވެދެއްވާފައިވެއެވެ

މި ފަރިއްކޮޅުގައި ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލު އާއި އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ އަލްފާޟިލް ޢަބްދުﷲ ޢަބްދުލްވާޙިދު އާއި އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލް ސަޢީދު އިބްރާހީމް ގެ އިތުރުން ނ. އަތޮޅު މަދަރުސާގެ އިސްބޭކަލުން ބައިވެރިވެވަޑައި ގެންނެވުމުގެ އިތުރުން މަނަދޫގެ އާންމުންގެ ގިނަ ބަޔަކުވެސް މި ފަރިއްކޮޅުގައި ބައިވެރިވެލެއްވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ

ނޯޓް: މިޚަބަރާއި ގުޅޭ ފޮޓޯ އެމްއެލްގައި ޝާއިޢު ނުކުރެވުނީ ދިރާގް ނެޓްވޯކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި މަނަދޫއާއި ދެމެދު ގުޅުން ކެނޑުމުގެ ސަބަނުންނެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން އެމްއެލް ނިހާޔަތަށް މަޢާފަށް އެދެމުއެވެ

No comments: