Thursday, March 20, 2008

މަގޭ ރިޕޯޓް: މަނަދޫއަކީ ސަތޭކަ ޕަސެންޓް ޑްރަގް ފްރީ ރަށަކަށް ހަދަން އެންމެން ގަދައަޅާ މަސައްކަތް ކުރަންވެއްޖެ


ލިޔުނީ އަހުމަދު

ahanmad@hotmail.com


މުޅި ދުނިޔެއަށް ފެތުރިފައިމިވާ ޑްރަގްގެ ވަބާއިން މަނަދޫ ސަލާމަތްކުރުމަށް އެންމެ އަތުކުރި އޮޅާލުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. އަހަރެމެންގެ ޅަދަރިންގެ މުސްތަގުބަލަށް އާރޯކަމެއް ގެނެވެން އަންނަނީ ޑްރަގްގެ ވަބާއިން މުޅި ރަށް ދޮވެލައިގެންނެވެ. މަނަދޫއަކީ ކުރީގައި އެބާވަތުގެ ކަންތައްތައް ކުރަމުން އައި ރަށެއް ނޫންނަމަވެސް ކޮންމެވެސް ވަރަކަށް އެވަބާގައި އަހަރެމެންގެ ޅަދަރީން ވަނީ ޖެހިގެންގޮސްފައެވެ. އެއްބައި ކުދިން ބޯލާނީ ކޯލާވާޓަރު ފުޅިއެކެވެ. އަނެއްކުއްޖަކު ވަސްބަލާލާނީ ޑަންލޮޕް ދަޅަކުންނެވެ

މައިންބަފައިން މިކަންތައްތަކަށް ސަމާލުވެގެން ނޫނީ އެވަބާއިން އަހަރެމެންގެ ރަށް ސަލާމަތްކުރުމަކީ ވާނޭ ކަމެއްނޫނެވެ. ދަރިން ކުރާ ވިޔާނުދާ ޢަމަލުތަކާއި މެދު ޢާފިލުވެ އެކަންތައްތައް ސިއްރުކުރާނަމަ ހިތާމައިގެ ކޮޅެއްވެސްނެތެވެ. ދަރިން ވިޔަސް ވިޔާނުދާ ޢަމަލެއް ހިންގާނަމަ އެކަމެއް ކަމާބެހޭ ފަރާތްތަކަށް އުފެލޭނެ ހިތްވަރު ގެންނަން ވެއްޖެއެވެ. ރަށާއި ދަރިންގެ މުސްތަގުބަލަށްޓަކައި މިކަން މިއަދު ކުރަން މަޖުބޫރެވެ. ހޭއަރާށެވެ. ކުރިން ނުވިރައްކަލެއް ފަހަކުން ނުވާނެއެވެ

މައިންބަފައިންގެ ދައުރު ފުޅާކޮށް ހޭލުންތެރިކަން މިކަމުގައި އިންތިހާއަށް ބޮޑުއިރު ކަންތައްތައް ސިއްރު ނުކުރައްވާށެވެ. ކެރިގެން ކުރިމަތި ލައްވާށެވެ. ކުދިން އުޅޭނޫޅޭ ގޮތް ބައްލަވާށެވެ. ރަހުމަތް ތެރިންގެ ގޮތުގައި ގެންގުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް އެކަހަރި ވިޔަ ނުދޭށެވެ. ސަތޭކަ ފަސަންޓް ޑްރަގް ފްރީ ރަށަކަށް ހެދޭނީ އެންމެން އެކައެއްޗެއް ކިޔައިގެން މައިން ބަފައިންގެ ދައުރު ފުޅާކޮށްގެން ކަމާމެދު ޝައްކެތްނުކުރަމެވެ. މިކަމަށް އެއްބާރުލެއްވުން ދެއްވާށެވެ

2 comments:

Anonymous said...

އަހުމަދުގެ ވާހަކައަށް ހަމަގައިމުވެސް އަޅުގަނޑު ތާއީދުކުރަން . އަހަރެމެން މައިންބަފައިންގެ ޒިންމާ ނަގައިގެން ނޫނީ ޑްރަގްގެ ވަބާއިން އަހަރެމެންގެ ރަށްވެސް ސަލާމަތެއް ނުކުރެވޭނެ

Anonymous said...

ބެޔޯ، މަނާނު، ހާދީ، ކުޑަ ހާބު، މި މީސްމީހުން އުޅެނިކޮށް މަނަދޫ ޑްރަގް ފްރީ ރަށަކަށް ހެދޭނެބާ؟ ބެއްޔ