Saturday, March 8, 2008

ނ. އަތޮޅު ހޮސްޕިޓަލްގެ ޑިޕްޔުޓީ މެނޭޖަރުކަމަށް އިބްރާހިމް ރަޝީދު ބަދަލުކުރައްވައިފި


ނ. އަތޮޅު ހޮސްޕިޓަލްގެ ޑިޕިޔުޓީ މެނޭޖަރުކަމަށް މަނަދޫ ބިޖިލީގޭ އަލްފާޟިލް އިބްރާހިމް ރަޝީދު ހަމަޖައްސަވައިފިއެވެ. އިބްރާހިމް ރަޝީދަކީ ސިއްހީ ދާއިރާގައި މެދުނުކެނޑި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނ. އަތޮޅު ސިއްހީ މަރުކަޒުގެ ނަމުން ނ. އަތޮޅު ހޮސްޕިޓަލުގެ ނަމަށް ހޮސްޕިޓަލްގެ ނަންބަދަލު ކުރެވުނީވެސް ހޮސްޕިޓަލްގައި އިބްރާހިމް ރަޝީދު މަސައްކަތް ކުރައްވަނިކޮށެވެ. އިބްރާހިމް ރަޝީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1979 ގައެވެ. ރަޝީދު އަދާކުރެއްވި ސަރުކާރުގެ މަޤާމުތަކުގެ ތެރޭގައި ނ.އަތޮޅު ކޯޓްގެ ކާތިބުކަމާއި އެންއެސްއެސްގެ ޕްރައިވެޓްކަމާއި ކޮމިޔުނިޓީ ހެލްތު ވޯކަރުކަމާއި ކޮމިޔުނިޓީ ހެލްތު ސުޕަވައިޒަރުކަން ހިމެނެއެވެ

No comments: