Tuesday, March 25, 2008

ނ. އަތޮޅު މަދަރުސާގައި ގޭޓެއް ހެދުމަށާއި އޮފީސް ޢިމާރާތް ބޮޑުކުރަން އިޢުލާން ކޮށްފި

ނ. އަތޮޅު މަދަރުސާގެ އުތުރު ފަރާތު ގޭޓް ބެއްދުމަށްފަހު ހުޅަނގު ކޮޅުން ގޭޓެއް ކެނޑުމަށާއި އަތޮޅު މަދަރުސާގެ އޮފީސް ޢިމާރާތް ބޮޑުކޮށް މަރާމާތް ކުރުމަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެސްޓިމޭޓް އުސޫލުން އިޢުލާން ކޮށްފިއެވެ. ޚަބަރު ލިބިފައވާ ގޮތުގައި އުތުރު ފަރާތު ގޭޓް ބަންދުކުރައްވާ ގޮތަށް ނިންމެވީ އުތުރު ފަރާތު ގޭޓަށްވުރެ ހުޅަނގު ކޮޅުގައި ގޭޓެއް ހެދުމުން މިހާރަށްވުރެ ބޮޑަށް ޖާގައިގެ ދަތިކަމަށް ހައްލެއް ގެންނެވުމުގެ ބޭނުމުގައެވެ

No comments: