Wednesday, March 19, 2008

މަނަދޫ ފިތުރޯނުގެ ކޯޕްރަލް އަޙުމަދު އާތިފު ޑިޔުޓީ ޓާމް ނިންމާލުމަށްފަހު މަނަދޫއަށް

މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ މަނަދޫ ފިތުރޯނުގެ ކޯޕްރަލް އަހުމަދު އާތިފު ރ. އަތޮޅުގައި 7 މަސް ދުވަހުގެ ޑިއުޓީއެއް އަދާކުރެއްވުމަށްފަހު މިއަދު3:00 ގައި މަނަދޫއަށް ވަޑައިގެންފިއެވެ. އަހުމަދު އާތިފް ރ. އަތޮޅުގައި ޑިއުޓީ މުއްދަތުގެ ތެރޭގައި ތަފާތު 3 ފަހަރެއްގެ މަތިން ރ. އަތޮޅު ޕޮލިސް ސްޓޭޝަން ހިންގެވުމާއި ހަވާލުވެފައިވެއެވެ. އަހުމަދު އާތިފަށް ވަޒީފާގެ ކުރިއެރުން ލިބިލެއްވީ ރ. އަތޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް 14 ޖެނުއަރީ 2008 ގައެވެ. މަނަދޫގައި ކުޅިވަރުގެ ރޮނގުންވެސް އަޙުމަދު އާތިފަކީ ފާހަގަކޮށްލެވޭ ޝަޙުޞިއްޔަތެކެވެ. މަނަދޫއަށް އެނބުރި އާދެވެމުން ކޮންކަހަލަ އިޙުސާސްތަކެއް ކުރެވުނުތޯ ސުވާލުކޮށްލުމުން އަމިއްލަ ފަސްގަނޑަށް އެރުމުން ބުނަން ނޭންގޭ ފަދަ އިޙުޞާސްތަކެއް ކުރެވުނު ކަމަށް އޭނާ ބުނުއްވިއެވެ

 

2 comments:

Anonymous said...

"Bulet Shiyam" annany kon irakunbaa??? dhen eyna aima e v

Anonymous said...

ބަނޑު ޝިޔާމް އަންނަނީ ކޮންއިރަކުންބާ؟ ބަނޑު ޝިޔާމްއާއި އާތިފް ތިތަނަށް ހަމަވެއްޖެއްޔާ ތިތަން ތި ހަލާކުވީ ...ގާޔޫސުބު.......